ރަޝިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު 2 ލައްކައަކަށްވުރެ އިތުރުވެއްޖެއެވެ. ރަޝިއާއަކީ މިވަގުތު ރާއްޖޭގެ 2 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ވަނީ 203،737 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 12.2 އިންސައްތަ ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.
* ޗައިނާ: 274،698 ފަތުރުވެރިން
* ރަޝިއާ: 203،737 ފަތުރުވެރިން
* އިނގިރޭސިވިލާތް: 146،805ފަތުރުވެރިން
* ޖަރުމަނުވިލާތް: 117،406 ފަތުރުވެރިން
* އިޓަލީވިލާތް: 113،719 ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.6 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %10 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6500 އެއްހާ ފަތުރުވެރިން އާދެއެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވާ 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށް ދެން ބާކީ ބޭނުންވަނީ 6 ލައްކައެއްހައި ފަތުރުވެރިންނެވެ.