ޚަބަރު

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެކަނިވެސް 50 މިލިޔަން ރުފިޔާ ނުދައްކާ އޮތް


  • ހުރިހާ ފައިސާއެއް މިދިޔަ އަހަރު ވަނީ ދައްކާފައި

  • ސަރުކާރު ބަދަލުވީއިރު ކުންފުނިތަކަށް ނުދައްކާ 9 ބިލިޔަން އޮތް

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި އެކަނިވެސް 50 މިލިޔަން ރުފިޔާ ނުދައްކާ އޮތްކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙަައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ސަރުކާރު ފެށުން އިރު އިސްލާމީ ވުޒާރާގައި އެކަނި ވެސް 30 ވަރަކަށް މިިލިޔަން ރުފިޔާ ކުންފުނިތަކަށް ނުދައްކާ އޮތް ކަމަށެވެ. އަދޮ މަސައްކަތްކޮށް ވުޒާރާއަށް ބިލުތައް ނައިސް ހުރި އަދަދާއެކު ޖުމުލަ 50 މިލިޔަނަށް އަރާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެ ހުރިހައި ފައިސާއެއް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ދައްކާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އާއިރު އެކި މަސައްކަތްތައްކޮށް، ދިވެހި ކުންފުނިތަކަށް ނުދައްކާ އޮތް ފައިސާގެ ޢަދަދު 9 ބިލިޔަނަށް އަރާކަން ސަރުކާރުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވަނި 17 ނޮވެމްބަރު 2023ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭގައި ދައްކާ ނިންމަވާނެކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މިއީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.

ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އިތުރުން މަސްވެރިންނަށް ދޭންޖެހޭ 260 މިލިޔަނެއްހާ ރުފިޔާވެސް އޮތީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ނުދައްކާކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށް، ކުންފުނިތަކަށް ދޭންޖެހޭ ފައިސާވެސް ދައްކަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.