ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: ލަންކާ ބަލިކޮށް ޗެމްޕިއަންކަން ޕާކިސްތާނަށް


ފުރަތަމަ ފަހަރަށް ބޭއްވި ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފިއެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބޭއްވި މި މުބާރާތް ކުރިއަށްދިޔައީ ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅުނުއިރު، މި މެޗު ޕާކިސްތާނުން ކާމިޔާބުކުރީ ސްރީ ލަންކާ އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޕާކިސްތާނުން ގެންދިޔައީ 26-18 އަދި 28-18 އިންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދިއިރު، ރާއްޖެއިން ވަނީ 2-1 ސެޓުން ބަންގްލަދޭޝް ބަލިކޮށް ލޯ މެޑެލް ހާސިލުކޮށްފައެވެ. އަދި ރޭންކިން މެޗުގައި 2-1 ސެޓުން ދެކުނު އެފްރިކާ ބަލިކޮށް ފަސްވަނަ ހޯދީ އިންޑިއާއިންނެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރިއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.