ދުނިޔެ

ގާމިޝްލީއަށް ދިން ޙަމަލާތަކުގެ ޒިންމާ އައިއެސް އިން އުފުލައިފި


ސޫރިޔާގެ އިރު އުތުރުގެ ރަށެއްކަމަށްވާ ގާމިޝްލީއަށް ދިން ބޮމުގެ ޙަމަލާތަކުގެ ޒިންމާ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާޢަތުން އުފުލައިފިއެވެ.

އައިއެސްގެ ނޫސް އެޖެންސީ އަލްއަޢްމާގް އިން ބުނީ ގާމިޝްލީއަށް ބޮމުގެ ޙަމަލާތައް ދިނީ އެޖަމާޢަތަށް ނިސްބަތްވާ ދެމީހުން ކަމަށާއި އެ ޙަމަލާތައް އަމާޒުކުރީ އެރަށުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް ކަމަށެވެ.

ގާމިޝްލީ އަށް ބޮމުގެ ދެ ޙަމަލާ ދީފައިވާއިރު މި ދެ ޙަމަލާވެސް ދިނީ އަމިއްލައަށް މަރުވެގެންނެވެ. މި ދެ ޙަމަލާގައި ޖުމްލަ 31 މީހުން މަރުވެ 170 މީހުން ޒަޚަމްވެފައިވެއެވެ. އެމެރިކާގެ މަދަދުލިބޭ ކުރުދީ ހަނގުރާމަވެރިންނާއި އައިއެސް ޖަމާއަތާ ދެމެދު ސޫރިޔާގެ އިރު އުތުރުގެ ސަރަޙައްދުތަކުގައި ވަރުގަދައަށް ހަނގުރާމަ ކުރަމުންދާއިރު ކުރުދީ ހަނގުރާމަވެރިން ވަނީ އެ ސަރަޙައްދުގެ ބައެއް ރަށްތަކުން އައިއެސްގެ ބާރުތައް ފައްސާލާފައެވެ.