ޚަބަރު

ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ތަޙުޤީގުކުރަން ފަށައިފި


  • ކަރަންޓު ކެނޑުނީ މެނދުރު 12:30 އެހާ ކަންހާއިރު

މުޅި މާލެ ސަރަހައްދުން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނު މައްސަލަ ފުލުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

މާލެއާއި ހުޅުމާލެއާއި ހުޅުލެއިން މިއަދު ކަރަންޓު ކެނޑުނީ މެނދުރު 12:30 އެހާއިރުއެވެ.

މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ މައްސަލައާ ގުޅިގެން، އެ ކަން ހިނގި ގޮތް ބެލުމަށް ޚާއްސަ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން، ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯއިން އެންމެ ފަހުން ވިދާޅުވެފައިވަނީ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ގޮތުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއަށް މިހާރު ކަރަންޓުދީފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.