ޚަބަރު

ޗައިނާ އޯޕަންގެ ޗެމްޕިއަންކަން ނޮވަކް ޖޮކޮވިޗަށް


  • ޖޮކޮވިޗަށް ޗެމްޕިއަންކަން ލިބުނީ އަނިޔާގެ ސަބަބުން އަލެކްސް ޑެ މިނޯއަ މެޗު ދޫކޮށްލުމުން

އަނިޔާގެ ސަބަބުން އަލެކްސް ޑެ މިނޯއަ މެޗު ދޫކޮށްލުމުން, ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ނޮވަކް ޖޮކޮވިޗަށް ލިބިއްޖެއެވެ.

ހަތް ވަނަ ފަހަރަށް ޖޮކޮވިޗަށް މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ މިއަދު ކުޅުނު ފައިނަލުގެ ދެވަނަ ސެޓްގެ ތެރެއިން އަލެކްސް ޑެ މިނޯއަ މެޗު ދޫކޮށްލުމުންނެވެ. ފުރަތަމަ ސެޓްގައި 7-6 ން ޖޮކޮވިޗް އަތުން ބަލިވެފައި ވަނިކޮށް, ދެވަނަ ސެޓް އޮސްޓްރޭލިޔާގެ އަލެކްސް ޑެ މިނޯއަ ކުޅެން ފެށީ މެޑިކަލް ޓައިމްއައުޓެއް ނަގާ, ވައަތު ފައިގެ ފަލަމަސްގަނޑު ވަރަށް ބޮޑަށް ބެންޑޭޖް ކޮށްގެންނެވެ. މެޗު ދޫކޮށްލިއިރު ދެވަނަ ސެޓްގައި 27 އަހަރުގެ ޑެ މިނޯއަ އޮތީ ކުރީގައެވެ. މެޗު ދޫކޮށްލުމަށްފަހު ޓްރޮފީ ދިނުމުގެ ރަސްމިއްޔާތުގައި ޑެ މިނޯއަ ބުނީ ކުޅުން ކުރިއަށް ގެންދެވޭނެ ކަމަށް އިހުސާސް ނުކުރެވޭ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ސަޕޯޓަރުންގެ ފަރާތުން މަޢާފަށްވެސް އެދިފައެވެ.

"
މިގޮތަށް ނިމޭކަށް އަހަރެން ބޭނުމެއް ނޫން. އަންނަ އަހަރު ބައްދަލުވާނެ ކަމަށް އުއްމީދުކުރަން.
އަލެކްސް ޑެ މިނޯއަ

ފައިނަލު މެޗަށްފަހު ޖޮކޮވިޗް ވަނީ މިގޮތަށް ޑެ މިނޯއަ ފައިނަލު މެޗު ދޫކޮށްލަން ޖެހުމުން ހިތާމަކުރާ ކަމަށް ބުނެފައެވެ. އަދި އަލެކްސް ޑެ މިނޯއަ އަށް އަވަހަށް އެނބުރި އާދެވޭނެ ކަމަށް އުއްމީދުކުރާކަމަށްވެސް ސާބިޔާގެ ޖޮކިވިޗް ބުންޏެވެ.
39 އަހަރުގެ ޖޮކިވިޗް އަކީ ސިންގަލްސް 24 ގްރޭންޑް ސްލޭމްއާއެކު ދުނިޔޭގެ ޓެނިސް ޑޮމިނޭޓްކުރާ ކުޅުންތެރިޔާއެވެ.