ޚަބަރު

މާދަމާ އަކީ މައުރަޒުގެ ފަހު ދުވަސް، ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށް ގިނަ ހަރަކާތްތަކެއް


  • މާދަމާ ޚާއްޞަކޮށްފައިވާނީ، އާއިލީ ދުވަހެއްގެ ގޮތުގައި

  • އެހެން ދުވަސްތަކާއި ހިލާފަށް ހެނދުނު 7:00 އިން 11:00އަށް މައުރަޒު ހުޅުވާނެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒާއެކު ކުރިއަށްގެންދާ ޙަރަކާތްތައް މާދަމާ ޚާއްޞަކޮށްފައިވާނީ، އާއިލީ ދުވަހެއްގެ ގޮތުކައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެހެންދުވަސްތަކާއި ޚިލާފަށް މާދަމާ މައުރަޒު ހުޅުވާ ވަގުތައްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާދަމާ ހެނދުނު 7:00 އިން 11:00އަށް ކުޑަކުދިންނާ ގުޅޭ އެކި ކުޅިވަރުތައް މައުރަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، އެހެން ދުވަހެކޭވެސް އެއްގޮތަށް ހަވީރު 4:00 އިން 6:00އަށް އަދި ރޭގަނޑު 8:00 އިން 11:00އަށް މައުރަޒުގެ ޙަރަކާތްތައް ކުރިއަށްދާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަދު ހަވީރާއި ރޭގަނޑުވެސް، ސްޓޭޖް ލައިވް ޕަރފޯމެންސް ތަކާއި އެކި އުމުރުފުރައިގެ މީހުންނަށް ބައިވެރިވެވޭ ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މާދަމާއަކީ މި މައުރަޒު ކުރިއަށްދާނެ އެންމެ ފަހު ދުވަސްކަން ފާހަގަކުރައްވާ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހެ ވުޒާރާއިން ވިދާޅުވީ، އެހެން ދުވަސްތަކާ ޚިލާފަށް މާދަމާ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.

އެގޮތުން، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒާއެކު ކުރިއަށްގެންދާ ޙަރަކާތްތައް މާދަމާ ޚާއްޞަކޮށްފައިވާނީ، އާއިލީ ދުވަހެއްގެ ގޮތުކައި ކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިންނާ ގުޅޭ ގިނަ ޙަރަކާތްތަކެއް މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިއަދު މައުރަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި:

360 ވީޑިއޯ ބޫތް
1438 ބޮޑުބެރު
ފެޝަން ޝޯވް
2އޮފް އަސް
ކޮޅުކެޅި ބޭންޑް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަށް މިހާތަނަށް 150،000 (އެއްލައްކަ ފަންސާސްހާސް)އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި ފުޅާކުރުމުގެ މަޤްސަދުގައި ސަރުކާރުން ބާއްވާ މި މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށްގެންދަވަނީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ އިރުޝާދާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީންނެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި ފުޅާކުރުމުގެ މަޤްސަދުގައި ސަރުކާރުން ބާއްވާ މި މައުރަޒަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޒިޔާރަތްކުރެއެވެ.