މިއަހަރާ މިއަންނަ އަހަރު ހިމެނޭހެން 2130 މަޝްރޫޢު ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަދުގެ ސަރުކާރަކީ ނަތީޖާ ނެރުމަށް މަސައްކަތް ކުރާ ސަރުކާރެއްކަމަށެވެ. ވަޢުދުތައް ފުއްދުމުގައި މުޅި ސަރުކާރު އޮތީ އެކުގައިކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ ދާއިރާއިން ކުރިއަށް މިއޮތް ދެ އަހަރު ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށެވެ.
އެގޮތުން ޖުމްލަ 2130 މަޝްރޫޢު ކުރިއަށްގެންދިއުމުގެ ވަޢުދު ކަނޑައަޅާފައިވާކަމަށެވެ. ރައީސް ވިދާޅުވީ މިއިން ކޮންމެ ވަޢުދަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަރަށް ސިސްޓަމެއްޓިކްކޮށް ލިސްޓުކުރެވި، ކުރިއަށްދާގޮތް ބަލަމުންދާ ވަޢުދުތަކެއްކަމަށެވެ. އަދި ކޮންމެ ވަޢުދެއް ހާސިލްވަމުންދާ މިންވަރު ވަކިވަކިން ބަލާ ވަޢުދުތައްކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ބިނާވެފައިވަނީ ވަޢުދު ފުއްދާ ނަތީޖާ ނެރުމަށް. މުޅި ސަރުކާރުން މަސައްކަތްކުރަނީ އެ ޢަމާޒަށް. ކޮންމެ މަޤާމަކަށް އައްޔަނުކޮށްފައިވާ މިހަކީ، މިކަމަށް މަސައްކަތްކުރަން އައްޔަނުކުރި މީހުން. މިނިސްޓަރެއްވިއަސް، އެމްޑީއެއްވިއަސް، އަދި އެންމެ އާދައިގެ މުވައްޒަފެއްވިއަސް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އެކަމުގެ ތަފްޞީލްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްސާކުރައްވާފައެވެ.
• ކުޅިވަރު: 551
• ކުނީގެ ނިޒާމު: 153
• ސިއްޙަތު: 131
• ސްކޫލް(ބިނާރު): 141
• ބޭންކިން: 136
• އެހެނިހެން: 72
• ކައުންސިލް އިދާރާ: 116
• މަގު: 112
• ބަނދަރު: 104
• ފުލުހުންގެ ޚިދުމަތް: 95
• ފެނާއި ނަރުދަމާ: 86
• ޕާކް: 51
• މިސްކިތް: 50
• ގޮނޑުދޮށް ޙިމާޔަތްކުރުން: 46
• ބޯހިޔާވަހިކަން: 37
• ބިން ހިއްކުން: 42
• އައިޑީކަރޑް/ޕާސްޕޯޓު: 33
• މަސްވެރިކަން: 30
• އެއަރޕޯޓް: 27
• މަތީ ތަޢުލީމު: 23
• ފަތުރުވެރިކަން: 10
• ފިއުލް ސްކިޑް: 20
• އިޤްތިޞާދު: 19
• ކަރަންޓު/އިންޖީނު: 26
• ބުރިޖު: 10
• ތިމާވެށި: 2
• މަސްތުވާތަކެތީގެ ދާއިރާ: 4
• ފެރީ ނިޒާމު: 3
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައްޔިތުންނާށް ވެވަޑައިގެންފާ ވަޢުދުތަކުގެ ތަފްޞީލްތައްވެސް ޙިއްސާކުރައްވާފައެވެ. އެގޮތުން މެނިފެސްޓޯއާއި، ރިޔާސީ ކެމްޕެއިން، އެކިއެކި ދަތުރުރައް އަދި އިވެންޓްތަކުގައި ވެވަޑައިގެންވާ ވަޢުދުތަކުގެ ހަނދާ، ފުރިހަމައަށް ހުރިކަމަށް އެކަނިކުފާނު ވިދާޅުވިއެވެ.
މިއިން ކޮންމެ ވަޢުދަކީ ލިޔެވިފަވާ ވަޢުދުތަކެއްކަމަށާއި، ފުއްދަވާނެ ވަޢުދުތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި މުޅި ސަރުކާރު އެކުގައި މަސައްކަތް ކުރަމުންދާކަމަށާއި އެކުގައި މަސައްކަތް ކުރުމުގައި ދެމިތިބޭނެކަމަށް ވިދާޅުވިއެވެ.
• މެނިފެސްޓޯ: 289 ވަޢުދު
• ރިޔާސީ ކެމްޕެއިން: 1051 ވަޢުދު
• ދަތުރުތަކުގައި: 484 ވަޢުދު
• އިވެންޓްތައް: 305 ވަޢުދު
ސަރުކާރުގެ ފުރަތަމަ އަހަރު އެންމެ ބޮޑު އިސްކަމެއް ދިނީ، ކުރީގެ ސަރުކާރުގައި ފަށާ ހުއްޓިފައިވާ މަސައްކަތްތައް އަވަސްކުރުމަށެވެ. އެގޮތުން މި މަސައްކަތުގައި ބޮޑެތި ކުރިއެރިއެރުންތައް ސަރުކާރުން ހޯދާފައިވެއެވެ.
އަދި މިހާރު މި ސަރުޚާރުގެ މެނިފެސްޓޯހައި ހިމެނޭ މަޝްރޫޢުތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ. މިއަހަރަށް ބަލާއިރު، މި އަހަރު ވެގެންދާނީ ރައްޔިތުން ގެދޮރުވެރިކުރުމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވައެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ދާއިރާއަކީ ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތައްކަން ސަރުކާރުން ހާމަކުރައްވާފަވެއެވެ.