ޚަބަރު

ކޮންމެ ކަމެއް ދިމާވިޔަސް ހިނިތުންވުމާއެކު ކުރިމަތިލުން މުހިންމު: ހާލަންޑް


  • ސިޓީ އާއި ސިޓީގެ ސަަޕޯޓަރުންނާއި އޮތީ ވަރަށް ގާތް ގުޅުމެއް: ހާލަންޑް

ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވި ނަމަވެސް އެކަމަކާއި ހިނިތުންވުމާއެކު ކުރިމަތިލުން މުހިންމު ކަމުގައި މެންޗެސްޓަރ ސިޓީއަށް ކުޅޭ ނޯވޭގެ ފޯވަޑް އާލިންގ ހާލަންޑް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ނޯވޭ ޤައުމީ ޓީމަށް ކުޅުމަށްފަހު އެނބުރި ސިޓީ އާއި ގުޅި އެކްލަބްގެ މީޑިއާއަށް ދިން އިންޓަރވިއުއެއްގައެވެ. ހާލަންޑް ބުނީ ޓީމާއެކު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްއަށް ދަތުރު ކުރާ ސަޕޯޓަރުންނަށް ރަނގަޅު މެޗެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި ސިޓީއަށް މިހާރު ދިމާވެފައިވާ ގަޑިގަނޑުން އަރައިގަތުމަށްޓަކައި ކްލަބްގެ ހުރިހާ އެންމެން އެއް ބަޔަކު އަނެއް ބަޔަކަށް ތާއީދުކޮށް އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުން މުހިންމު ކަަށެވެ. އަދި ރަނގަޅަށް ވިސްނާ ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވި ނަމަވެސް އެކަމަކާއި ހިނިތުންވުމާއެކު ކުރިމަތިލުން މުހިންމު ކަމަށް ހާލަންޑް ނުންޏެވެ.

ހާލަންޑް ބުނީ އޭނާއަށް އިންގްލަންޑާއި ސިޓީ އަކީ އޭނާގެ ހިތުގައި ހާއްސަ ޖާގައެއް ދެވިފައިވާ ތަނެއް ކަމަށާއި އަދި ސިޓީ އާއި އެޓީމުގެ ސަޕޯޓަރުންނާއި މިއޮތް ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިވަގުތު މުހިންމީ ކުރިއަށް އޮތް މެޗަށް ވިސްނާ ލިވަޕޫލްގެ މެޗު ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރުން ކަމުގައިވެސް ހާލަންޑް ފާހަގަ ކުރިއެވެ. އަދި ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗަކީ އަބަދުވެސް ވަރަށް ހާއްސަ މެޗު ތަކެއް ކަމަށާއި އޭނާވަނީ އެންފީލްޑްގައި މޮޅުވެ އެއްވަރުވެ އަދި ބަލިވެސް އެފައިކަމުގައި ހާލަންޑް ބުންޏެވެ. އެހެން ކަމުން ލިވަޕޫލާއި ދެކޮޅަށް ކުޅޭ ކޮންމެ މެޗަކީ ހާއްސަ މެޗެއްގެގޮތުގައި ހާލަންޑް ސިފަކުރިއެވެ.

ހާލަންޑް މިހެން ބުނެފައިވާއިރު ސިޓިގެ ކޯޗު އެންޒޯ މަރެސްކާވެސް ވަނީ ހުރިހާ ކުޅުންތެރިން އެހެން ކަންތައްތަކަށް ނުވިސްތާ ކުޅުމަށް ސަމާލުކަންދީ ޕޮޒިޓިވްކޮށް ވިސްނުމަށް ގޮވާލައިފައެވެ. މިއީ ޕްރިމިއަރ ލީގުން ސިޓީ އާއި ދެކޮޅަށް އުފުލި 115 ދައުވާގެ ތެރެއިން އެންމެ ދައުވާއެއް ފިޔަވާ އެހެން ހުރިހާ ދައުވާއެއް ސާބިތުވާކަމަށް ޕްރިމިއަރ ލީގުން އެކުލަވާލި މިނިވަން ކޮމިޝަނުން ނިންމިކަން ހާމަކުރިފަހުން ސިޓީ ޓީމު އެއްވި ފުރަތަމަ ފަހަރެވެ. ޕްރިމިއަރ ލީގުން އެކަން އާންމު ކުރިއިރު ސިޓީގެ ބައިނަލްއަޤްވާމީ ގިނަ ކުޅުންތެރިން ތިބީ އެކުޅުންތެރިންގެ ޤައުމީ ޓީމުގެ ހިދުމަތުގައި އެޓީމު ތަކާއެކުއެވެ. އަދި އެހެން ކަމުން ސިޓީގެ ހުރިހާ ކުޅުންތެރިން އެކުގައި އޭގެ ފަހުން ދިމާވެފައިމިވަނީ ރޭ ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގައެވެ.

މަޢުލޫމާތުލިބޭގޮތުގައި މަރެސްކާވަނީ މިހާރު ހިނގަމުންދާ ކަންތައްތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އެޓީމު ކުރިއަށް ކުޅެން ހުރި މެޗުތަކައި މެދު ވިސްނުކަށް ކުޅުންތެރިންނަސް އިލްތިމާސް ކޮށްފައެވެ. ދަނޑުން ބޭރުގައި ސިޓީއަށް މިދުވަސްވަރަކީ ވަރަށް ހަލަބޮލި ދުވަސް ވަރަކަށްވީއިރު ދަނޑު މައްޗަށް ބަލާލާއިރު ކުރިއަށް އޮތް ހަފްތާއަކީ ސިޓީއަށް ވަރަށް ބޮޑު ހަފްތާއެކެވެ. މިގޮތުން ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި ލިވަޕޫލާއި ދެކޮޅަށް އާދިއްތަ ދުވަހު ނިކުންނައިރު އަމިއްލަ ދަނޑުގައި މިއަންނަ ބުދަ ދުވަހުގެރޭ ސިޓީ ނިކުންނާނީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އާއި ދެކޮޅަށެވެ.