ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޢަލީ ޝުޖާޢު އިސްތިޢުފާ ދެއްވައިފި


  • ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާޢު އައްޔަންކުރެއްވީ 25 ޑިސެންބަރު 2023ގައި

  • އަލީ ޝުޖާޢު ވަނީ ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޢަލީ ޝުޖާޢު، އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ޙީނާ ވަލީދު ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، އެ މަޤާމުން އިސްތިއުފާ ދެއްވުމަށް އެދި ހުށައަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢަލީ ޝުޖާޢު އައްޔަންކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އަލީ ޝުޖާޢު ވަނީ ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ. ކޮމިޝަނަރ އޮފް ޕޮލިސްކަމުގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން ޝުޖާޢު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. އަދި ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައިވެސް ޝުޖާއު މަސައްކަތްކުރެއްވިއެވެ.