ޚަބަރު

ކާބޯތަކެތި އިސްރާފުވުން މަދުކުރަން ޔޫއޭއީގައި ޚާއްޞަ މަސައްކަތެއް


2024ވަނަ އަހަރު އެކުވެރި ޢަރަބި އިމާރާތަށް ކުރިމަތިވި އެއް ގޮންޖެހުމަކީ ކާބޯތަކެތި އިސްރާފުވުމުގެ މައްސަލައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެކުވެރި ޢަރަބި ޢިމާރާތުގައި އަހަރަކު 3.17 މިލިޔަން ޓަނުގެ ކާބޯތަކެތި އިސްރާފުވެ އުކާލަން ޖެހެއެވެ. އެ ގޮތުން ދުބާއީގައި ތައްޔާރުކުރާ ކާނާގެ ތެރެެެއިން 38 އިންސައްތައަކީ އިސްރާފުވާ ކާނާއެވެ. އަދި ރަމަޟާން މަހު މި ޢަދަދު 60 އިންސައްތައަށް އިތުރުވެއެވެ. މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން އެކުވެރި ޢަރަބި ޢިމާރާތުން ވަނީ 2030އަނަ އަހަރުގެ ކުރިން އެ ޤަައުމުގައި އިސްރާފުވާ ކާބޯތަކެތީގެ ނިޞްބަތް 50އިންސައްތައިން ދަށް ކުރުމަށް އަޒުމު ކަނޑައަޅައިފައެވެ. މިއީ އެ ޤައުމުން ކާބޯތަކެތި ޔަޤީންކުރުމަށް ގެންގުޅޭ ސިޔާސަތުތަކާ ދިމާވާ، އަދި އދގެ ދެމެހެއްޓެވެނި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ވެސް ހިމެނޭ އަމާޒެކެވެ.

ކާބޯތަކެތި އިސްރާފުވުމުގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމުގެ ގޮތުން މި ރޯދަ މަހު ޔޫއޭއީ ފުޑް ބެންކުގެ އިސްނެގުމާއެކު، ކާބޯތަކެތީގެ ޑެލިވެރީ ޚިދުމަތްދޭ ޑެލިވެރޫއާ ގުޅިގެން ސުޕަމާކެޓުތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކުން އިތުރުވާ 500 ޓަނުގެ ކާބޯތަކެތި އެއް ކުރުމަށް ވަނީ އަމާޒު ހިފާފައެވެ. ފުޑް ބެންކުގެ ޖެނެރަލް މެނޭޖަރު، ޢީސާ ޙަސަން ވިދާޅުވީ މިއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި ޙަރަކާތުގެ ދަށުން އެއްކުރާ ކާބޯތަކެތި ފަޤީރު ޙާލުގައި ދިިރިއުޅޭ މީހުންނަށް ފޯރު ކޮށްދިނުމަށް މަގުފަހުވެގެން ދާނެ ކަމަށެވެ.

މި މަސައްކަތުގަަައި އެކުވެރި ޢަރަބި ޢިމާރާތުގެ ނޭޝަނަލް ފުޑް ލޮސް އެންޑް ވޭސްޓް އިނިޝިއޭޓިވް، ނުވަތަ ނޭމާ ވެސްް މުހިންު ދައުރެއް ޢަދާ ކުރެއެވެ. އެ ގޮތުން ވަކިވަކި ސަރަޙައްދުތަކުގައި އުޅޭ ފަޤީރުންނަށް ކާބޯތަކެތި ފޯރު ކޮށްދިނުމަށް ފުޑް ޑްރައިވްތައް އިންތިޒާމު ކުރުމާއި ބޭނުން ޖެހިފައިވާ މީހުންނަށް ތަކެތި ނެގޭނެ ގޮތަށް އަވަށުގެ އެކި ސަރަޙައްދުތަކުގައި ކާބޯތަކެތި ތާޒާކަން މަތީ ބެހެއްޓުމަށް ފުރިޖު ބެހެއްޓުން ހިމެނެއެވެ. މިހާތަނަށް ކުރި މަސައްކަތުން ވެސް ހޮސްޕިޓަލިޓީ ދާއިރާއިން އެކަނި ވެސް ކާބޯތަކެތި އިސްރާފުވާ މިންވަރު 62 އިންސައްތަ ދަށްވެފައި ވެއެވެ.