ރޯދަ ބަދިގޭގައި މިއަދު ގެނެސްދޭނީ "ޗިކަން މަންދި" ތައްޔާރުކުރާނެގޮތެވެ. ޗިކަން މަންދި ނުވަތަ މަންދި ރައިސްއަކީ ޔަމަނުގެ ޚާއްސަ ކެއުމެކެވެ. ނަމަވެސް މިހާރު ބަދަލުތައް އައިސް، އެކި ޤައުމުތަކުގައި ތަފާތު ގޮތްތަކަށް ޗިކަން މަންދި ރައިސް ތައްޔާރުކުރެއެވެ. މިއަދު މި ގެނެސްދެނީ މިޞްރުގައި މަންދީ ޗިކަން ރައިސް ތައްޔާރުކުރާ ރެސިޕީއެވެ.
ބަތްގަނޑު ތައްޔާރުކުރަން ބޭނުންވާ އިންގްރީޑިއަންޓް ގިނަ ނަމަވެސް، މިއީ އާންމުކޮށް ގެއިން ލިބޭ ބާވަތްތަކެކެވެ.
ލޮނު
ރީނދޫ
މުގުރި ދިރި
މުގުރި ކޮތަނބިރު
މުގުރި މިރުސް
މިންޓް ލީފް
ކޮރިއެންޑާ ލީފް
ރޯސް ވޯޓަރ
ބޭލީފް
ފޮނިތޮށި
ކާފުރުތޮޅު
ކަރަންފޫ
ބަޓަރ
ފިޔާ
ލޮނުމެދު
އިނގުރު
ބާސްމަތި ހަނޑޫ
ތަންދޫރީ ކުލަ
ފުރަތަމަ ތައްޔާރުކުރާނީ ކުކުޅު ރޯފިލުވުމަށް ހަދާ ޗިކަން ސްޓޮކް ފެންގަނޑެވެ. ސްޓޮކް ތައްޔާރުކުރާނީ، ފުރަތަމަ ބަޓަރކޮޅެއް އަޅާފަ، ކުކުޅުކޮޅު ރޯފިލުވަން ފެނުގައި، ކެއްކޭވަރަށް ތެއްޔަކަށް ފެން އަޅާނީއެވެ. ދެން އެ ފެންގަނޑު ތެރެއަށް ކަރަންފޫ، ފޮނިތޮށި، ކާފުރު ތޮޅި، ބޭ ލީފް، ފިޔާ، ލޮނުމެދު އަދި އިނގުރު އަޅާނީއެވެ. ދެން ކުކުޅުކޮޅު ތެއްޔަށް ލުމަށްފަހު، އެ ފެނުގައި މަޑުކޮށްލުމަށް ރަނގަޅަށް ކައްކާލާނީއެވެ. ދެން ރަހަ ހެޔޮވަރުކޮށްލަން، ބާކީ ހުރި ހަވާދުގެ ބާވަތްތައް އަޅާނީއެވެ.
ވިއްސަކަށް މިނެޓު ރޯފިލުވާލާ ކުކުޅުކޮޅު ނެގުމަށްފަހު، ރީތިކޮށްލުމަށް ތަންދޫރީ ކުލަކޮޅެއް ކުކުޅުގައި އުނގުޅާލުމަށްފަހު އަވަނުގައި ފިހެލާނީއެވެ.
ބަތް ތައްޔާރުކުރާނީ، ކުރިން ކުކުޅު ކެއްކި ޗިކަން ސްޓޯކް ފެން އަޅައިގެންނެވެ. އޭރުން ބަތްގަނޑުގައިވެސް ހަވާދުވެ މީރު ރަހަ ހިފާނެއެވެ. ބަތް ކައްކާ އަދި ކުކުޅު ފިހެލުމަށްފަހު އެއްކޮށްލައިގެން ކާނީއެވެ.
"ޗިކަން މަންދޫ ރައީސް" އަކީ ދިވެހިންގެ މެދުގައިވެސް މިހާރު މަޤުބޫލު ކެއުމެކެވެ.
ރޯދަ ބަދިގެ ގެނެސްދެނީ ހުޅުލެ އައިލެންޑް ހޮޓެލްގެ އެހީތެރިކަމާއެކުއެވެ.