ކުޅިވަރު

އޯޕަން ޓޭޕްބޯލް: ކޭޑީއެމް ސެމީ ފައިނަލަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ސެމީ ފައިނަލަށް ކޭޑީއެމް ދަތުރުކޮށްފިއެވެ.

މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު، މި މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓޭޕްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް ބީގައި ހިމެނޭ އޭއާރްސީ އާއި ޓޭޕް 8 ބޯލްއެވެ. މި މެޗު 106 ލަނޑުން ކާމިޔާބުކުރީ އޭއާރްސީ އިންނެވެ.

މި މެޗުގެ ގުރު ދިމާވުމުން އޭއާރްސީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ވަނީ 148 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 35 ލަނޑު ހެދި ޒަކަރިއްޔާ އަބްދުލް ލަތީފް އާއި، 24 ބޯޅައިން 32 ލަނޑު އެއްކުރި އަލީ ރާފިލް ރައޫފެވެ. ޖަވާބުގައި ޓޭޕް 8 ބޯލް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 42 ލަނޑެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން ކޭޑީއެމް މޮޅުވީ ކިންޒާ ކެފޭ އަތުން 81 ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ކޭޑީއެމް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 186 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 34 ލަނޑު ހެދި އިސްހާގު އަޙްމަދާއި، 14 ބޯޅައިން 32 ލަނޑު އެއްކުރި އަލީ ވިޝާމް މުޙައްމަދު އަލި މަނިކުގެ އިތުރުން ހަ ބޯޅައިން 30 ލަނޑު ހަމަކުރި ހުސެއިން ރިމާޒްއެވެ. ޖަވާބުގައި ކިންޒާ ކެފޭ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 105 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 13 ބޯޅައިން 29 ލަނޑު ހެދި އީޒާން ޝަހުލް ހަމީދާއި، 17 ބޯޅައިން 27 ލަނޑު އެއްކުރި މޫސާ މާޖިދެވެ.

މި މޮޅާއެކު ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ހައިސިއްޔަތުން ސެމީގެ ޖާގައެއް ކޭޑީއެމްއަށް ލިބުނުއިރު، އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުގެ ދެވަނައަށް ދިޔަ ކިންޒާ ކެފޭއަށް ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނަ ހޯދި އޭއާރްސީއަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލަށްދިޔަ ޓޭޕް 8 ބޯލް އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޭޑީއެމްގެ އިތުރުން ސެމީގެ ޖާގައެއް ދެން ކަށަވަރުކޮށްފައިވަނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިންނެވެ.




ކުޅިވަރު އެކުވެނީގެ ކުރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އޭއާރްސީ ކާމިޔާބު ކުރީ ޓޭޕް އެއިޓް އާއި ވާދަކޮށް 106 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ. މެޗުގައި ފުރަތަމަ ގުރުދިމާވުމުން އޭއާރުސީ ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިޔަކު ނުބައިނުވެ ވަނީ 148 ލަނޑުހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑު ހެދި އަބްދުލް ލަތީފްއެވެ.

ޖަވާބުގައި ޓޭޕް އެއިޓް ބޯލް އިން ކުޅެން އަރާ 8 ވަނަ އޯވަރުގައި ހުރިހާ ކުޅިންތެރިން ނުބައިވެގެން ހެދުނީ 81 ލަނޑެވެ.

މިއަދު ކުޅުނު ދެވަނަ މެޗު ކޭޑީއެމް ކާމިޔާބު ކުރީ ކިންޒާކެފޭއާ ވާދަކޮށް 70 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ. މިމެޗުގައި ގުރުދިމާވުމުން ކޭޑީއެމް އިން ކުޅެންއަރާ އެންމެ ކުޅުންތެރިޔަކު ނުބައިވެގެން 186 ލަނޑު ހެދިއިރު އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި އަހުމަދު އިސްހާގެވެ. ޖަވާބުގައި ކިންޒާ ކެފޭއިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 105 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑު ހެދި މޫސާ މިޖާދުއެވެ.