ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިރޭ 8:15 ވާއިރު ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ހުންނަ މުނި ހޯމް ކެއަރ މިސްކިތް ކައިރީގައި 2 ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްވި 2 ސައިކަލް ދުއްވި މީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ދަނީ ތަހުގީގުކުރަމުންކަމަށެވެ.