އިލެކްޝަންސް ކޮމިޝަން އުފެދުނުތާ މިވީ 16 އަހަރުގެ ތާރީޚުގައި އެ ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރު ކަމަށް އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުވާދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އިލެކްޝަންސް ކޮމިޝަނުގެ އަހަރީ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އިންތިޤާލީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފުވާދު ތަޢުފީޤްވަނީ 2009ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2014ވަނަ އަހަރުގެ މާޗްމަހާ ހަމައަށް އެކޮމިޝަނުގެ ރައީސްކަން ކުރައްވާފައިވާ އަދި މިހާރުވެސް އެކޮމިޝަނުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ފުވާދު ތައުފީގު ވިދާޅުވީ ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ގިނަ ކަންކަން ކުރެވިފައިވާ ކަމަށާއި ރާއްޖޭގައި އުފެދިފައިހުރި ހުރިހާ މުއައްސަސާތަކުގެ ތެރެއިން އާންމު ރައްޔިތުން އެންމެ އިތުބާރުކުރާ އަދި އެންމެ ބަލައިގަންނަ މުއައްސަސާއެއްގެ ގޮތުގައި މިއަދު އެ ކޮމިޝަން ވެފައިވާ ކަމަށެވެ. އެގޮތުން، އެ ކޮމިޝަނުން ބާއްވާ އިންތިޚާބުތަކަށް ފަހަރަކަށްވުރެ ފަހަރަކު ރައްޔިތުންގެ އިތުބާރު ލިބެމުންދާކަމަށާއި ރައްޔިތުން އެކޮމިޝަނުގެ މަސައްކަތްތައް ބަލައިގަންނަމުންދާ ކަމަށް ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ ކޮމިޝަން އުފެދި މިއަދާ ހަމައަށް އައިރު ގޮންޖެހުންތަކާވެސް ކުރިމަތިލާންޖެހުނުކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ހިނގާދިޔަ ކަންތައްތައްކަމަށާއި، އޭރު ކަންކަން ދިޔަގޮތުން އެ ކޮމިޝަނުގެ މަސައްކަތްތައް ހުއްޓުނުކަމަށް ދިޔަކަަމަށް ވިދާޅުވިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންނަށް އިންސާފުވެރި އިންތިޚާބެއް ގެނެސްދިނުމަށްކަމަށް ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ ކޮމިޝަން އުފެދި މިއަދާ ހަމައަށް އައިރު ގޮންޖެހުންތަކާވެސް ކުރިމަތިލާންޖެހުނުކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ހިނގާދިޔަ ކަންތައްތައްކަމަށާއި، އޭރު ކަންކަން ދިޔަގޮތުން އެ ކޮމިޝަނުގެ މަސައްކަތްތައް ހުއްޓުނުކަމަށް ދިޔަކަަމަށް ވިދާޅުވިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންނަށް އިންސާފުވެރި އިންތިޚާބެއް ގެނެސްދިނުމަށްކަމަށް ވިދާޅުވިއެވެ.
ފުވާދު ވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ދެ އިންތިޚާބުކަން ފާހަގަކުރައްވައި އެ ދެ އިންތިޚާބުގައިވެސް ފެނިގެންދިޔައީ ރައްޔިތުންނާއި ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ކުރާ އިތުބާރު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ކޮމިޝަނަކީ ރައްޔިތުން އިތުބާރު ދެމިއޮތްތަނަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ހުރިހާ ކެންޑިޑޭޓުންވެސް ހުރިހާ ވެރިންވެސް ހުރިހާ މުއައްސަސާތަކަކުންވެސް އިތުބާރު ކުރާތަނަކަށްވުން. އިލެކްޝަންސް ކޮމިޝަނުން ނެރޭ ނަތީޖާއަކީ އެންމެން ގަބޫލުކުރާ ނަތީޖާއަކަށްވުން. އިލެކްޝަންސް ކޮމިޝަނަކީ ކޮރަޕްޝަނާ ދުރުތަނަކަށްވުން" އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވިއެވެ.
ފުވާދު ވަނީ ހުރިހާ ރައްޔިތުންވެސް އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން ދިނުމަކީ ޤާނޫނީގޮތުން އޮތް ވާޖިބެއްކަން ފާހަގަކުރައްވައި އެ ވާޖިބު އަދާކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ސަރުކާރު މުއައްސަސާތަކުންނާއި އިދާރާތަކުން އެ ކޮމިޝަނަށް ދޭން ޖެހޭ އެއްބާރުލުން މިހާރު ދެމުން އަންނަގޮތުގައި ދެމިތިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވިއެވެ.