ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓް ހައުސްއެއްގައި ބަންދުކޮށްގެން ގެންުގުޅުނު ނޭޕާލު މީހަކު ސަލާމަތްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާފަންނު ގެސްޓްހައުސެއްގައި ނޭޕާލުގެ ފިރިހެނަކު ބަންދުކޮށްގެން ގެންގުޅޭކަމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް އޭނާ ސަލާމަތްކޮށްފައިވާކަމަށެވެ. އަދި ނޭޕާލް މީހާ ބަންދުކޮށްގެން އުޅުނުކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ނޭޕާލް މީހާގެ ހާލު ރަނގަޅުކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.