ޚަބަރު

ވޯކް ވިސާގެ ޚިދުމަތްތައް ހޯދުމަށް އޭންޓްކިޔު މެދުވެރިކޮށް ނަންބަރު ނެގޭ ގޮތް ހަދައިފި


  • މި ބަދަލާ އެއްގޮތަށް ޢަމަލުކުރާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން

  • މިއީ ވޯކް ވިސާގެ ޚިދުމަތް ހޯދުމަށްދާ ފަރާތްތަކަށް ލުއި ފަސޭހަކުރުމުގެ ގޮތުން ގެންނަ ބަދަލެއް

ވޯކް ވިސާގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް އޭންޓްކިޔު އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި ބަދަލާއި އެއްގޮތަށް އާދީއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ވޯކް ވިސާގެ ޚިދުމަތް ހޯދުމަށްދާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އޭންޓްކިޔު މެދުވެރިކޮށް 5 ޕާސްޕޯޓަށްވުރެ މަދުން ޚިދުމަތް ހޯދާނަމަ ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން 10:30 އަށް ކަމަށާއި، ޚިދުމަތް ދޭނީ 10:00 އިން މެންދުރު 3:00 އަށް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި 6 ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓު ދޫކުރާނަމަ ނަންބަރު ދޫކުރާނީ ހެނދުނު 11:30 އިން 12:30 އަށް ކަމަށާއި، ޚިދުމަތް ދޭނީ މެންދުރު 1:15 އިން 3:00 އަށް ކަމަށް އެ އިދާރާއިން މައުލޫމާތުދެއްވައެވެ.


އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ އިދާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޕާސްޕޯޓް ދޫކުރުމުގައި ވެސް އޮންލައިން އެޕްލިކޭޝަން، ކިޔުބީ މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.