މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރަން އދ.ގެ ޖެނެރަލް އެސެމްބްލީން ނިންމީ ޑިސެމްބަރު 1993 ގައެވެ. އެއަށްފަހު ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 3 ވަނަ ދުވަސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރަން އދ.ގެ ޖެނެރަލް އެސެމްބްލީން ނިންމީ ޑިސެމްބަރު 1993 ގައެވެ. އެއަށްފަހު ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 3 ވަނަ ދުވަސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ޚާއްޞަކޮށް ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި އެކަންކަން ކަވަރކުރަން ޙަރަކާތްތެރިވާ ނޫސްވެރިންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދެއެވެ. އަދި އެކި ޤައުމުތަކުގައި ނޫސްވެރިންގެ މަސައްކަތްތަކާމެދު ހިތްހަމަނުޖެހިގެން ބިރުދެއްކުމާއި ފުރާނައަށް ނުރައްކާކުރާ ޙާލަތުތައް ދިމާވަމުންދެއެވެ. މިދިޔަ 2015 ވަނަ އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ މެއިމަހުގެ 3 އާ ހަމައަށް ވަނީ 73 ނޫސްވެރިން ދުނިޔޭގެ އެކި ސަރަޙައްދުގައި މަރާލާފައިވެއެވެ. އަދި އެތައް ނޫސްވެރިންނެއް ޒަޚަމްވެފައިވެއެވެ.
މި ދުވަހަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރުމަށާއި އެބައިމީހުންގެ ޙައްޤުތަކާއި އަދި ނޫސްވެރިން އަދާކުރާ ދައުރާއި ޚިދުމަތް ފާހަގަކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
ނޫސްވެރިކަމަކީ ދިވެހިރާއްޖޭގައިވެސް އިންސާނީ ވަޞީލަތާއި ޓެކްނިލޮޖީއާއި ތަނަވަސްހުރި މިންވަރަކުން ކުރަމުން އަންނަ ޤައުމެކެވެ. ތާރީޚުން އެނގޭގޮތުގައި ރާއްޖޭގައި ނޫސްވެރިކަން ފެށިފައިވަނީ 1943 ވަނަ އަހަރުގެ ޖޫންމަހުގެ ފަހެއްގައި "ސަރުކާރު ޚަބަރު" ގެ ނަމުގައި ނެރުއްވަން ފެއްޓެވި ނޫސް ނެރުއްވަން ފެއްޓެވުމުންނެވެ. މި ނޫހަކީ އޭރު ދުނިޔޭގައި ހިނގަމުންދިޔަ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ޚަބަރުތައް ޢާންމުންނާ ހަމައަށް ގެނެސްދެއްވުމަށާއި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އަންގަވަން ބޭނުންވާ ކަންކަން އަންގަވައިދެއްވުމަށް ނެރުއްވަން ފެއްޓެވި ނޫހެކެވެ.
ރާއްޖޭގައި ނޫސްވެރިކަން ފެށުނުފަހުން ފާއިތުވެދިޔަ ގާތްގަނޑަކަށް 73 އަހަރު ދުވަހުގެ ތެރޭގައި އެކި ދުވަސްވަރު ތަފާތު ނޫސްތައް ނެރެމުން ގެންގޮސްފައިވެއެވެ. މޫންލައިޓާއި ސަންލައިޓާއި ފަތިހާއި ހަވީރާއި އާފަތިހާއި މިއަދު ނޫހާއި މި ނޫންވެސް ތަފާތު ދުވަހު ނޫސްތަކާއި ހަފުތާ ނޫސްތަކާއި މަޖައްލާތައް ރާއްޖޭގައި ޝާއިޢުކުރަމުން ގެންދެއެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މުހިންމު ބައެއްކަމުގައިވާ ބްރޯޑްކާސްޓްކުރުން ރާއްޖޭގައި ރަސްމީގޮތުން ފެށިފައިވަނީ ދައުލަތުގެ ރޭޑިއޯ 1962 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 29 ގައި ފެށުމުންނެވެ. އޭގެފަހުން މެދުކެނޑުމެއް ނެތި ރޭޑިއޯގެ ޚިދުމަތް ދެމުން އަންނަތާ މިހާރު 52 އަހަރު ވަނީ ފާއިތުވެފައެވެ. އަދި ރާއްޖޭގައި ޓީވީގެ ޚިދުމަތް ވަނީ 1978 ވަނަ އަހަރުގެ މާރޗް މަހުގެ 29 ގައި ފަށާފައި، މެދުނުކެނޑި ޓީވީގެ ޚިދުމަތް ދެމުން އަންނަތާ މިހާތަނަށް 38 އަހަރު ވަނީ ހޭދަވެފައެވެ. ރާއްޖޭގައި ޕްރައިވެޓް ބްރޯޑްކާސްޓިންގ ފެށިފައިވަނީ، 2007 ވަނަ އަހަރުގެ ތެރޭގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ދީފައިވެއެވެ. އަދި ރާއްޖޭގައި ވަރަށް މިނިވަންކަމާއެކު، ނޫސްވެރިކަން ކުރަމުން އަންނަ އަދި ނޫސްވެރިކަން ކުރަމުން އަންނަ ޤައުމެކެވެ. އަދި ޓެކްނޮލޮޖީގެ ފަހިކަމާއެކު އޮންލައިން ނޫސްތަކާއި ތަފާތު އެހެން ޕްލެޓްފޯމްތަކުގެ ތެރެއިން ނޫސްވެރިކަމުގެ މަސައްކަތްތައް އަންނަނީ ފުޅާވަމުންނެވެ.
ދިވެހިރާއްޖޭގައި ނޫސްވެރިކަމަށް މިހާތަނަށް 74 އަހަރު ފާއިތުވެފައިވާއިރު، 1993 ގައި ވަނީ ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކުރައްވާފައިވެއެވެ. އަދި އެ އަހަރު ޚިދުމަތްތެރި ނޫސްވެރިންނަށް ރަންގަލަމާއި ރިހިގަލަން ސަރުކާރުން ދެއްވާފައިވެއެވެ.