ޚަބަރު

ވައިޓީޓީ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގުރާމް ނިންމާލައިފި


  • މި ޓްރެއިނިން ކުރިއަށްދިޔައީ ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކަޑަމީއާއި ގުޅިގެން

  • 25 ބައިވެރިން ތަމްރީން ފުރިހަމަކުރި

  • މިފަދަ އިތުރު ޓްރެއިނިންގތައް ކުރިއަށްގެންދާނެ

ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ވައިޓީޓީ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގުރާމް ނިންމާލައިފިއެވެ. 

މި ޓްރެއިނިންގ އަމާޒުކޮށްފައިވަނީ ރާއްޖޭގައި ޔަމަހާ އިންޖީނު ސާވިސްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އެގޮތުން އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން ޖުމްލަ 25 ފަރާތެއް ވަނީ މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. ޔަމަހާގެ އިރުޝާދާއެކު މިޓްރެނިންގ ފޯރުކޮށްދީފައިވަނީ ޔަމަހާ ސާރޓިފައިޑް އަދި އެތަށް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ އެލިއާގެ ސީނިއަރ މެކޭނިކުންގެ ޓީމަކުންކަމަށް އެލިއާއިން ބުނެއެވެ.

ޔަމަހާ އާއި އެލިއާގެ ގުޅުމަށް 50 އަހަރު ގުނަމުންދާއިރު، ގިނަ އަދަދެއްގެ ބަޔަކު ޔަމަހާގެ ތަފާތު ޓްރެއިނިންތަކުގައި ބައިވެރިވެފެއިވެއެވެ. 

މިފަދަ ޓްރެއިނިންގތަކުގެ މަޤްސަދަކީ ޔަމަހާ އައުޓްބޯޑު އިންޖީނުތަކުގެ ސާރވިސް، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް އެލިއާއިން ވަނީ ބުނެފައެވެ. ޔަމަހާގެ އައުޓްބޯޑު އިންޖީނުތައް ވަނީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރެވި، ކަސްޓަމަރުންގެ އިތުބާރު ހޯދާފައެވެ.

ކޮންމެ ވަގުތެއްގައިވެސް އިންޖީނުތަކުގެ ސްޕެއަރ ޕާރޓްސް ޔަމަހާގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރ އެލިއާއިން ލިބުމަކީ ޔަމަހާގެ ކަސްޓަމަރުންގެ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

އެލިއާއިން ބުނީ އެ ކުންފުނީގެ އުންމީދަކީ މިފަދަ އިތުރު ޓްރެއިނިންގތައް ރާއްޖޭގައި ތިބެ ޙާސިލްކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ މެކޭނިކުންނަށް ފަހިކޮށްދިނުންކަމަށެވެ.