މާލެ ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިނަށް އަނިޔާވެއްޖެއެވެ.
މެންބަރު ސަޢުދު އެކްސިޑެންޓްވީ މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވި މަގުމަތީގައެވެ. އެކްސިޑެންޓްވީ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސަޢުދަށް ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ. އަދި ލިބިވަޑައިގެންނެވި ޒަކަމްތަކަށް މިހާރު ހޮސްޕިޓަލުގައި ގެންދަވަނީ ފަރުވާ ދެއްވަމުންނެވެ.
މެންބަރު ސަޢުދުގެ އާދޭގޮތުގައި ސަޢުދަށް ލިބިވަޑައިގެންނެވި އަނިޔާއާއި ގުޅިގެން ސާޖަރީއެއް ހެދުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.