ޚަބަރު

ރިތިކާއި ދީޕިކާގެ ފުރަތަމަ ފިލްމް "ފައިޓާ" ރިލީޒްކުރުން 2024 އަށް


ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން އެކުގައި ފެންނަ ފިލްމު "ފައިޓާ" އެޅުވުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ރިލީޒްކުރަން ފުރަތަމަ ތާވަލުކޮށްފައިވާ މި ފިލްމު އެޅުވުން ދެން ފަސްކުރީ އަންނަ އަހަރުގެ ހަމަ އެ ތާރީހަށެވެ.

އަދި ޝޫޓިން ވެސް ނުފަށައި އޮތް ފިލްމުގެ ފަސްޓްލުކް ޕޯސްޓަރެއް މިހާރު ދައްކާލާފައިވާއިރު، ފިލްމު ސިނަމާތަކަށް ގެންނާނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 25 ގައި ކަމަށް މިހާރު ވަނީ އިއުލާނުކޮށްފައެވެ.

"ފައިޓާ" އަކީ އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ތާވަލުކޮށްފައި އޮތް ޝާހްރުކް ޚާނާއި ދީޕިކާގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމެކެވެ. މީތި ހަދަނީ އޭނަގެ ފިލްމު ކުންފުނި މާފްލިކްސް ޕިކްޗާސް އާއި ވަޔަކޮމް 18 ގުޅިގެންނެވެ.

ސިދާތުގެ އެންމެ ފަހުގެ ފިިލްމަކީ ރިތިކާއި ޓައިގާ ޝްރޮފްގެ 2019 ގެ "ވޯ" އެވެ.

"ފައިޓާ" އަކީ އޭނައާ އެކީ ރިތިކާއި ދީޕިކާ ވެސް މަަސައްކަތްކުރާ ތިން ވަނަ ފިލްމެވެ. ދީޕިކާ އެންމެ ފުރަތަމަ ކުޅުނު ސިދާތުގެ ފިލްމަކީ 2009 ގެ "ބަޗްނާ އޭ ހަސީނޯ" އެވެ. ރިތިކް އެންމެ ފުރަތަމަ ކުޅުނު ސިދާތުގެ ފިލްމަކީ 2014 ގެ "ބޭންގް ބޭންގް" އެވެ.