މިދުވަސްވަރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އޮއިވަރު ގަދަވެފައިވާތީ، ކަނޑުމަތީގެ ޙަރަކާތްތައް ހިންގުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ އިރުވައި މޫސުމުގެ މިދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދުގައި އޮއިވަރު ގަދަވާ ދުވަސްވަރެއްކަމަށެވެ. ޚާއްކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތަކުގެ އޮއިވަރު ގަދަވެފައިވާކަމަށް އެއިދާރާއިން ވިދާޅުވެއެވެ. މިއާއެކު މަސްވެރިކަމާއި، ފީނުމާއި ޑައިވިން އަދި މޫދާ ކަނޑުމަތީގެ އެހެނިހެން އެކިއެކި ކުޅިވަރުތަކާއި ޙަރަކާތްތައް ހިންގުމުގައި ޚާއްސަ ސަމާލްކަމެއް ދިނުމަށްވަނީ އެއިދާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
Strong ocean currents over the Maldives. pic.twitter.com/xyygdzQvSd
— Maldives Meteorology (@MetMaldives) January 18, 2022
މޫސުން ރަނގަޅުވިނަމަވެސް، ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކޮންޓްރޯލް ގެއްލި ކަނޑު މަތީގެ ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. އަދި މީހުން ގެއްލުމާއި މަރުވުމުގެ ހިތާމަވެރި ޙާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ.
މިފަދަ އެއްވެސް ޙާދިސާއެއް ހިނގައިގެން އުޅޭކަން އެނގިއްޖެނަމަ، ލަސްނުކޮށް ކޯސްޓްގަރޑްގެ އެހީއަށް އެދުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.