މިހާރު ކުރިޔަށްދާ ފޯ ނޭޝަންސްކަޕްގައި ބަންގްލަދޭޝް ފުރަތަމަ މެޗުގައި ކުޅުނީ މޮޅުވުމުގެ ރޫހުގައި ނޫންކަމަށް އެޓީމުގެ ކޯޗު މާރިޔޯ ލެމޯސް ބުނެފިއެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަމުން ބަންގްލަދޭޝްގެ ކޯޗު ބުނީ މެޗުން ފެނުނީ ލީޑެއް ލިބިފައޮތް ޓީމެއްގެ ފަރާތުން ފެންނަޖެހޭ ކަހަލަކުޅުމެއް ނޫންކަމަށެވެ. މެޗު ކާމިޔާބު ކުރެވުނުނަމަ މުބާރާތުގެ ފައިނަލުގެ ޖާގައަށް ކޮންމެވެސް ވަރަކަށް ޔަގީން ވާނެކަމަށް ލެމޯސް ބުންޏެވެ. އޭނާ ބުނީ މެޗުގެ ކުރިން މެޗުން މޮޅުވިނަމަވެސް އަދި ފައިނަލަށް ނުދާނެކަން ކުޅުންތެރިންނަށް ހަނދާންކޮށްދިން ކަމަށާއި މެޗުން މޮޅުނުވެވުނަސް ކުރިޔަށް އޮތް ދެމެޗުގައި ނުކުންނާނީ އިތުބާރާއެކު ކަމަށް ކޯޗު ބުންޏެވެ.
މެޗުގައި ލިބިފައޮތް ލީޑް ގެއްލުމުން ހިތްހަމަނުޖެހޭ ކަމަށާއި އެކަމުގެ މާޔޫސްކަމާ ކުރިމަތިވި ކަމަށް ލެމޯސް ބުންޏެވެ. ޑާކާ އަބްހާނީގެ ކޯޗަކަށް ހުރެފަ ބަންގްލަދޭޝްގެ ގައުމީޓީމާ ހަވާލުވި ކޯޗު ބުނީ މުބާރާތުގެ އޭނާގެ ނަޒަރުގައި ހަތަރު ޓީމުވެސް ހަމަހަމަކަމަށެވެ.
"އަހަރަމެންނަށް ވިނިންމެންޓްލަޓީ ހިފަހައްޓަން ޖެހޭ، މި ނަތީޖާއިން މާޔޫސްވޭ، ލީޑެއް ހިފަހައްޓައި ކުޅެން ބަންގްލަދޭޝްއިން ދަސްކުރަންޖެހޭ، އަހަރަމެން ކާމިޔާބުކުރަން ބެނުންކަމުގައި ވާނަމަ މެޗަކަށްފަހު މެޗަށްކަށް ބަލަންޖެހޭ."
ލެމޯސް ބުނީ މުބާރާތުގައި ވާދކުރާ ޓެކްނިކަލް އެންމެ މޮޅު ޓީމަކީ ރާއްޖެ ކަމަށާއި ލަންކާއިން ބަލާއިރު އެޓީމުން ރާއްޖެ އަތުން ހޯދި ނަތީޖާގެ ސަބަބުން ޓީމުގެ ރޫހު އޮންނާނީ ވަރުގަދަކޮށް ކަމަށް ގަބޫލްކުރާކަމަށެވެ. ލަންކާއަކީ ކޮންފިޑެންސަށް ބަލާއިރު މިވަގުތު މުބާރާތުގައި އެންމެ ރަނގަޅު އެއްޓީމަށް ވާނެކަމަށް ވެސް ޕޯޗުގަލްއަށް އުފަން ލަމޯސް ބުންޏެވެ.
އޭނާ ބުނީ ޓީމުތަކުގެ ފެންވަރު މިނެކިރާއިރު ދަނޑުގެ ހާލަތަށް ވެސް ބަލަން ޖެހޭކަމަށާއި އެހެންކަމުން ދަނޑުގެ ހާލަތު އޮތްގޮތުން ޓީމުތަކަށް އަސްލު ފެންވަރުދައްކަން އުނދަގޫވާކަމަށެވެ.
"ރާއްޖޭއަކީ ކޮލިޓީ ވަރަށް ޓެކްނިކަލީ މޮޅު ޓީމެއް، އަހަންނަށް ވަކި ވަކި ޓީމުތަކުގެ މާބޮޑު ތަފާތެއް އަނެއްހެން ނުފެނޭ، ހުރިހާ ޓީމަކަށް ވެސް ހަމަހަމަ ފުރުސަތު އޮތުން ހަމަ ކޮންމެޓީމެއް ފައިޓްކުރާނެ، ރާއްޖޭގެ މިހުރިހާ ކަންތައްތަކާއެކު ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅެން މަސައްކަތްކުރޭ، ލަންކާ ކޮންފިޑެންސް ލެވެލް ވަރަށް މަތި." ސާފް ޗެމްޕައަންޝިޕަށް ބަންގްލަދޭޝް ގައުމީ ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
ލަމޯސް ބުނީ މެޗުގައި ބަންގްލަދޭޝްއަށް ލިބުނު ފުރުސަތުތަކަށް ބަލާއިރު ނަތީޖާ ފަރަގު ބޮޑުކުރަން ފުރުސަތުވެސް ލިބުނު ކަމަށާއި ފުރަތަމަހާފުގައި އިތުރު ލަނޑެއް ނުޖެހުމުން ދެވަނަހާފްގައި ކުޅުންތެރިން ވަރަށް ބޮޑަށް ސަމާލުވެގެން ކުޅެން ބުނިކަމަށެވެ. އެހެން ނަމަވެސް ހެދުނީ އެންމެ ގޯހެއް ކަމަށާއި އެގޯހުގެ ފައިދާ ސީޝޭލްސްއިން ނެގިކަމަށް ލަމޯސް ބުންޏެވެ.
މިމެޗަކީ ސާފްޗެމްޕިއަންޝިޕަށްފަހު އޮސްކާ ބުރްޒޯން ޓީމު ދޫކޮށްލުމުން ލަމޯސް ޓީމާ ހަވާލުވެ ކުޅުނު ފުރުތަމަ މެޗެވެ. މުބާރާތުގައި އަންނަ ހޮނިހިރު ދުވަހު ބަންގްލަދޭޝް ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.