ހދ. ކުޅުދުއްފުށި ސިޓީ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއްވި ގޮތުގައި މިއީ 45 އަހަރުގެ ފިރިހެނެކެެވެ. މިމީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
މިމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޭއާރުއެޗްއިން މަޢުލޫމާތު ދެއްވިއެވެ.
ހދ ހަނިމާދޫން ކޯވިޑްގެ ކޭސްތަކެއް ފެނުމާގުޅިގެން އެރަށް މިއަދުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.