އެގްރޯނެޓް ކުންފުނީގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ސިނާން އައްޔަންކުރުމަށް ނިންމަވައިފިއެވެ.
މިފްކޯއިން ވިދާޅުވީ އެކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އެގްރޯނެޓްގެ ޗެއާމަންގެ މަޤާމަށް މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް، ދޭލިޔާގެ، ގއ. ދެއްވަދޫ އަދި އެގްރޯނެޓްގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމަށް މުޙައްމަދު ސިނާން، ހުޅުދޫގެ، ސ. ހިތަދޫ އައްޔަންކޮށްފައިވާ ކަމަށެވެ. މި ނިންމުން ނިންމީ މިއަދު ބޭއްވި މިފްކޯގެ ބޯޑު ބައްދަލުވުމުގައެވެ. މިފްކޯއިން ވިދާޅުވީ އެގްރޯ ނެޓްގެ ހިންގުމަށް މި ގެނެވުނު ބަދަލާއެކު އެ ކުންފުންޏަށް އާ ފެށުމަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ސެޕްޓެންބަރު މަހުގެ 7ވަނަ ދުވަހުއެވެ.
MIFCO’s Board has appointed Mr. Mohamed Anas, CEO of MIFCO, as Chair of AgroNat, and Mr. Mohamed Sinan as Managing Director, following AgroNat’s transition as a MIFCO subsidiary.
— MIFCO (@mifcomv) October 5, 2026
MIFCO wishes them success in their new roles and looks forward to a new chapter for AgroNat. https://t.co/z5tLzC47Wx
ރައީސް އޭރު ވިދާޅުވީ، މިފްކޯ އާއި އެގްރޯނެޓް އެކުގައި މަސައްކަތް ކުރަންފެށުމުން، ވަރަށް ގިނަ ފައިދާތައް ލިބޭނެކަމަށެވެ.ެ މިއީ އެބަދަލާއެކު އެގްރޯނެޓްގެ ވިޔަފާރި ފުޅާކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަމާޒު ހާސިލްކުރުމާއި، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށްވެސް ފަސޭހަވާނެ ބަދަލެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
އެގްރޯނެޓް (އެގްރޯ ނެޝަނަލް ކޯޕަރޭޝަން) އަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް 2020 ވަނަ އަހަރު އުފެއްދި ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު މަޤްސަދަކީ، ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމައަގު ހޯދައިދިނުމާއި ބާޒާރަށް ނެރެދިނުމެވެ. މީގެއިތުރުން، ދަނޑުވެރިކަމުގެ ވިޔަފާރިއަށް ބޭނުންވާ ފަންނީ އަދި އިދާރީ ޤާބިލްކަން ކުރިއެރުވުމަކީ އެ ކުންފުނީގެ މަޤްސަދެކެވެ.