ގއ.ކޯވިޑް ފެސިލިޓީގައި ފަރުދާދެމުންދިޔަ މީހަކު ނިޔާވެޖެއެވެ. މިއީ ކޯވިޑް-19އަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ރާއްޖެއިން ނިޔާވި 3ވަނަ މީހާއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ގއ.ވިލިނގިލީގައި ހުންނަ ކޯވިޑް-19އަށް ފަރުވާދޭ ފެސިލިޓީގައި ފަރުދާދެމުންދަނިކޮށް މިރޭ 20:30ގައި ނިޔާވެފައިވަނީ ޢުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު މިހާރުވަނީ 151އަށް އިތުރުވެފައެވެ. މިއަދުވަނީ މިބަލީގައި އިތުރު ދެމީހަކު ނިޔާވެފައެވެ. މިއާއެކު މިމަހު އެކަނިވެސް މިބަލީގައި ނިޔާވި މީހުންގެ ޢަދަދުމިވަނީ 79 އަށް އިތުރުވެފައެވެ.
ކޯވިޑްގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އަދި މިހާތަނަށް އެންމެ ގިނަބަޔަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީވެސް މިމަހުއެވެ. މިމަހުގެ މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ކޯވިޑްގެ ބަލިމަޑުގައި ރާއްޖެއިން މިހާތަނަށް 151 މީހުން މަރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް 114 މީހަކު މިވަނީ ބަލީގައި ނިޔާވެފައިވެއެވެ. މިއަހަރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 46،000 އަށްވުރެމަތީގައެވެ.
ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝަދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާިއބެހޭ ފަރާތްތަކުންވަނީ ދަންނަވާފައެވެ.