މުނިފޫހިފިލުވުން

ފިލްމު "ބެލް ބޮޓަމް" ޑިޖިޓަލެއް ނުކުރާނެ


ރަންޖީތް އެމް ތިވާރީ ޑައިރެކްޓްކޮށްފައިވާ ސްޕައި ތްރިލަރ ފިލްމު "ބެލް ބޮޓަމް" ޑިޖިޓަލް ކުރާނެ ކަމަށް ދެކެވޭ ވާހަކަތައް ޕްރޮޑިއުސަރުން ދޮގުކޮށްފިއެވެ. ޕްރޮޑިއުސަރުން ބުނީ ފިލްމު ޕްރިމިއަރ ކުރާނީ އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށެވެ.

ވާޝޫ ބަގްނާނީގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެމްއޭ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ބޮޑު ބަޖެޓްގެ މި ފިލްމު ސިނަމާތަކަށް ކުރިން ގެންނަން ހަމަޖެހިފައި އޮތީ މި މެއި މަހުގެ 28 ގައެވެ. ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެހެން ގިނަ ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމު ދެއްކުންވެސް ވަނީ ފަހަތަށް ޖައްސާލާފައެވެ.

އަކްޝޭއާއެކު ފިލްމުގެ ލީޑް ބަޠަލާގެ ރޯލުން ވާނީ ކާޕޫރު ފެނިގެންދާ މި ފިލްމުގައި ވާނީގެ އިތުރުން ލާރާ ދައްތާ އަދި ހުމާ ގުރައިޝީވެސް ފެނިގެންދާނެއެވެ. ހަޤީޤީ ހާދިޘާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގައި ފެނިގެންދާނީ 1980 ގެ އަހަރުތަކުގައި އުޅުނު މަޝްހޫރު ބައެއްގެ ވާހަކަތަކެވެ. މި ފިލްމުގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ ސޮކްޓްލޭންޑްގައެވެ.

"ބެލް ބޮޓަމް"އަކީ މިދިޔަ އަހަރު ނުކުތް ކަންނާޑާ ހިޓް ފިލްމު "ބެލް ބޮޓަމް"ގެ ހިންދީ ރީމޭކްއެކެވެ. ކަންނާޑާ ފިލްމަށްވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. ޚާއްސަކޮށް އެ ފިލްމުގައި 80ގެ އަހަރުތައް ގެނެސްދީފައިވާލެއް ފުރިހަމަކަމުން ގިނަ ބަޔަކުވަނީ އެ ފިލްމަށް ތައުރީފުކޮށްފައެވެ. މި ފިލްމަކީ ޕީރިއަޑް ގޭންގްސްޓަރ ޑްރާމާ ފިލްމެކެވެ. ޖެކީ ބަގާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ ވާނީ ކަޕޫރާއި އަކްޝޭ ކުމާރު ސްކްރީނުން އެކުގައި ފެންނަ ފުރަތަމަ ފަހަރަށެވެ.

މި ފިލްމަށް ލާރާ ސޮއިކުރި އިރު އޭނާ ވަނީ ކުރިން ވެސް އަކްޝޭއާ އެކު މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި 2015 ގެ "ސިންގް އިޒް ބްލިންގް" އާއި 2009 ގެ "ބްލޫ" އާއި 2005 ގެ "އިންސާން" އާއި 2004 ގެ "އާން: މެން އެޓް ވޯކް" އާއި 2003 ގެ "އަންދާޒް" ހިމެނެ އެވެ.