93 ވަނަ އެކަޑަމީ އެވޯޑް އިއްޔެ ރޭ ނިމިގެންދިޔައިރު އެންމެމޮޅު ޑައިރެކްޓަރުގެ އެވޯޑް ޙާޞިލް ކުރީ 39 އަހަރުގެ ޗައިނާ ޑައިރެކްޓަރ ޗޯލޭ ޒަހާއޯއެވެ. މިއީ އޭޝިއާގެ އަންހެނަކު ފުރަތަމަ ފަހަރަށް މި އެވޯޑް ޙާޞިލް ކުރި ފަހަރެވެ. އަދި މިއީ އަންހެން ޑައިރެކްޓަރަކު މި އެވޯޑް ޙާޞިލް ކުރި ދެވަނަ ފަހަރުވެސްމެއެވެ.
ޗޯލޭ ޒަހާއޯ އަށް މި އެވޯޑް ލިބުނީ 2017 ވަނަ އަހަރު ލިޔުންތެރިޔާ ޖެސިކާ ބްރޫޑަރ ލިޔެފައިވާ ނޮން ފިކްޝަން ފޮތް "ނޮމަޑްލޭންޑް: ސަވައިވިންގ އެމެރިކާ އިން ދަ ޓްވެންޓީ ފަސްޓް ސެންޗުއަރީ" އަށް ބިނާކޮށް ހަދާފައިވާ ފިލްމު " ނޮމަޑްލޭންޑް" އަށެވެ. އެ ފިލްމަށް ވަނީ މުހިއްމު އެހެން އެވޯޑްތަކެއްވެސް ލިބިފައެވެ. އޭގެތެރޭގައި ފިލްމުގެ ލީޑްގެ ރޯލުން ފެނިގެންދިޔަ ފްރާންސަސް މެކްޑޯމަންޑް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައެވެ. މީގެއިތުރުން "ބެސްޓް ފިލްމު އެޑިޓިންގ"، "ބެސްޓް އެޑެޕްޓެޑް ސްކްރީން ޕްލޭ"، "ބެސްޓް ޕިކްޗަރގެ އެވޯޑްވެސް ލިބުނީ މި ފިލްމަށެވެ.
ސައުތު ކޮރެއާގެ ތަރި ޔޯން ޔޫހް ޖަންގ ވަނީ ފިލްމު "މިނާރީީ" އިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ޙާޞިލް ކޮށްފައެވެ. މި އެވޯޑާއި އެކު 73 އަހަރުގެ ޔޫން ވެފައި މިވަނީ އޮސްކާ އުފުލާލި ފުރަތަމަ ސައުތު ކޮރެއާގެ ފަންނާނުގެ ގޮތުގައެވެ. ސައުތުކޮރެއާގެ ފަންނާނުންގެ ތެރެއިން އެންމެ ފަހުން އޮސްކާ އެވޯޑެއް ލިބިފައިވަނީ ޑައިރެކްޓަރ ބޮންގ ޖޫން ހޯ އަށެވެ. ޑައިރެކްޓަރ ބޮންގ ޖޫން ހޯ މިދިޔަ އަހަރު މި އެވޯށް އުފުލާލީ އެނާގެ ކޮމެޑީ ތްރިލަރ "ޕެރެސައިޓް" އިންނެވެ. އެ ފިލްމަށްވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރ އަދި އެންމެ މޮޅު ފިލްމު އެވޯޑް ލިބިފައެވެ.
އޮސްކާގެ އެހެން ޝަރަފުވެރި މަޤާމުތަކަށް ބަލާއިރު އެންމެ މޮޅި އެކްޓަރުގެ އެވޯޑް ހާސިލްކުރީ އުމުރުން 83 އަހަރުގެ އެންތޮނީ ހޮޕްކިންސް އެވެ. ގިނަ ބަޔަކަށް ހައިރާންކަން ލިބުނު މި އެވޯޑް އެންތޮނީ އުފުލާލީ "ދަ ފާދަ" އެނާ ކުޅެފައިވާ ސިކުނޑީގެ ބައްޔެއް ޖެހިފައިވާ މީހެއްގެ ރޯލަށެވެ. މި އެވޯޑާއި އެކު އެންތޮނީ ހޮޕްކިންސް ވެފައިމިވަނީ އެކަޑަމީ އެވޯޑް އުފުލާލި އެންމެ ދުވަސްވީ ތަރީގެ ގޮތުގައި ތާރީހުގައި ނަން ލިޔެލާފައެވެ. މީ އެނާއަށް ލިބުނު ދެވަނަ އޮސްކާ އެވޯޑެވެެ. އެންތޮނީ ހޮޕްކިންސް އެންމެ ފުރަތަމަ އޮސްކާ އވޯޑް ލިބިފައިވަނީ މީގެ 29 އަހަރު ކުރިން ނުކުތް " ދަ ސައިލެންސް އޮފް ދަ ލޭމްޕްސް" ގައި އޭނާ ހުށައަޅާދިން ރޯލަށެވެ.
އެންމެ މޮޅު ބަޠަލާގެ އެވޯޑް ޙާޞިލްކޮށްފައިވަނީ "ފިލްމު' ނޮމަޑްލޭންޑް" ގެ ބަޠަލާ ފްރާންސަސް މެކްޑޯމަންޑް އެވެ. މިއީ މި އެވޯޑް އެނާއަށް ލިބުނު ތިންވަނަ ފަހަރެވެ. މީގެ ކުރިން ފިލްމު "ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިންގ މިސޫރި" އަދި 1997 ވަނަ އަހަރު ފިލްމު "ފާގޯ" އިންވެސް އޭނާވަނީ މި އެވޯޑް ޙާޞިލް ކޮށްފައެވެ.
އެންމެ މޮޅު ފިލްމު: ނޮމަޑްލޭންޑް
އެންމެ މޮޅު ބަޠަލު: އެންތޮނީ ހޮޕްކިންގސް (ދަ ފާދަ)
އެންމެ މޮޅު ބަޠަލާ: ފްރާންސަސް މެކްޑޯމަން (ނޮމަޑްލޭންޑް)
އެންމެ މޮޅު ސަޕޯޓިންގ ބަޠަލާ: ޔޫން ޔޫހް ޖަންގ (މިނާރީ)
އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން: ބްލްކް ބޮޓޮމް
އެންމެ މޮޅު މޭކައަޕް އަދި ހެއަރ ސްޓައިލިންގ: ބްލެކް ބޮޓޮމް
އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން: މެންކް
އެންމެ މޮޅު ސިނެމަޓްގޮރަފީ: މެންކް
އެންމެ މޮޅު އެނިމޭޓެޑް ފީޗަރ ފިލްމު: ސޯލް
އެންމެ މޮޅު އެނިމޭޓެޑް ޝޯޓް ފިލްމު: އިފް އެނީތިންގ ހެޕަންސް އައި ލަވް ޔޫ
އެންމެ މޮޅު ލައިވް އެކްޝަން ޝޯޓް ފިލްމު: ޓޫ ޑިސްޓެންޓް ސްޓްރޭނަޖަރސް
އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗަރ: މައި އޮކްޓޮޕަސް ޓީޗަރ
އެންމެ މޮޅު އަޑު: ސައުންޑް އޮފް މެޓަލް
އެންމެ މޮޅު ވިޝުއަލް އިފެކްޓްސް: ޓެނެޓް
އެންމެ މޮޅު އެޑްޕްޓެޑް ސްކްރީންޕްލޭ: ދަ ފާދަ
އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: ޕްރޮމިސިންގ ޔަންގ ވުމެން
އެންމެ މޮޅު އޮރިޖިނަލް ސްކޯ: ފައިޓް ފޯ ޔޫ
އެންމެ މޮޅު ފިލްމު އެޑިޓީންގ: ސައުންޑް އޮފް މެޓަލް
މިއަހަރުގެ އޮސްކާ އެވޯޑް ބާއްވާފައިވަނީ ޑޮލްބީ ތިއޭޓަރ އަދި ޔޫނިއަން ސްޓޭޝަންގައެވެ. މި އެވޯޑް ބާއްވާފައިމިވަނީ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަވުރެ ދެމަސްދުވަސް ފަހުންނެވެ. ކޯވިޑްގެ ބަލިމަޑުކަމާ ހެދި މި އެވޯޑް ފަސްކުރިއިރު އެވޯޑު ޙަފްލާއަށް ހާޒިރުވި އެންމެވެސްވަނީ ކޯވިޑްގެ ދެ ޓެސްޓް ހަދާފައެވެ.