ސަރުކާރުގެ އިދާރާތަކުން ފައިސާ ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން ގެނައި ބަދަލާއި އެއްގޮތަށް ކަރެކްޝަނުންވެސް، ގައިދީންނާއި، ބަންދުގައި ތިބޭ މީހުންނަށް ފޮނުވާ ފައިސާތައް، ބަޑޭރި ޕޭ މެދުވެރިކޮށް ފޮނުވާ ގޮތަށް ހަމަޖައްސައިފިއެވެ.
ކަރެކްޝަންސްއިން ބުނެފައިވަނީ މިބަދަލު ގެނެސްފައިވަނީ ސަރުކާރުގެ އިދާރާތަކުން ފައިސާ ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން ގެނައި ބަދަލާއި ގުޅިގެން ކަމަށެވެ. މިބަދަލާއެކު މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ކަރެކްޝަންސްއިންވެސް ފައިސާ ބަލައިގަންނާނީ ބަނޑޭރި އޭ މޯބައިލް ޕޮއިންޓް އޮފް ސޭލް (mPOS) މެދުވެރިކޮށް ކަމަށެވެ.
ކަރެކްޝަންސްއިން ބުނެފައިވަނީ ޤައިދީންނާއި ބަންދު މީހުންނަށް ފައިސާ ފޮނުވާ ފަރާތްތަކުން ބަނޑޭރި ޕޭ https://bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ފޮނުވާގޮތަށް ބަދަލު ގެނެސްފައިވާކަމެވެ،. އަދި މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން އެނޫން ގޮތަކަށް ފައިސާ ބަލައި ނުގަނެވޭނެކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.
ކަރެކްޝަންސްއިން މީގެ ކުރިން ޤައިދީންނާއި ބަންދުމީހުންނަށް ފައިސާ ބަލައި ގަންނަމުންދިޔައީ އިންޓަރނެޓް ބޭންކިން މެދުވެރިކޮށާއި، މޯބައިލް އެޕް މެދުވެރިކޮށެވެ. ބަޑޭރި ޕޭ މެދުވެރިކޮސް ފައިސާ ބަލައިގަންނަން ފެށި ނަމަވެސް ޤައިދީއަކަށް ނުވަތަ ބަންދު މީހަކަށް އެންމެ ގިނަވެގެން ފޮނުވޭނެ އަދަދަކީ 2،000 ރުފިޔާކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.