ޖަމާލުންދީން ސްކޫލުން ފަށާފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމް "ކޯދު"އަކީ ރައްކާތެރިގޮތުގައި ކާނާގެ ބާވަތްތައް ހެއްދުމަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ފަށާފައިވާ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ ޒަރިއްޔާއިން ދަރިވަރުންނަށް މަސައްކަތްތެރިކަމާ ގުޅޭ މުހިންމު ހުނަރުތައްވެސް ދަވެގެންދެއެވެ.
ޖަމާލުއްދިން ސްކޫލްގައި ފަށާފައިވަނީ "ކޯދު" ޕްރޮގްރާމަކީ 2018ވަނަ އަހަރު އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދިޔަ ސިމްޕޯޒިއަމަކަށް ހުށަހެޅި، އެންމެ ރަނގަޅު 10 ޕްރޮޕޯސަލްގެ ތެރޭގައި ހިމެނިގެން ލިބުނު ފަނޑުގެ އެހީގައި ފަށާފައިވާ ޕްރޮގްރާމެކެވެ.
ޖަމާލުއްދީން ސްކޫލްގެ ގޯތިތެރޭގައި ގަސް ހެއްދުމަށް "ފުޑް ގަރޑެން" ސަރަޙައްދެއްވަނީ ހަދާފައެވެ. "ކޯދު" ޕްރޮގްރާމްގެދަށުން ގަސްތައް ރުވަން ފަށާފައިވާއިރު، މިޕްރޮގްރާމް ސްކޫލްގައި ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެޑިއުކަން މިނިސްޓަރ ޑރ.ޢާއިޝަތު ޢާލީއެވެ. މިނިސްޓަރވަނީ ގަސްހެއްދުމުގެ މަސައްކަތްތައް ބައްލަވާލައްވައި، ދަރިވަރުން ގަސް ހެއްދުމަށް ބޭނުންކުރާ އުކުޅުތަކާގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ކޯދު ޕްރޮގްރާމްގެ މަޤްސަދަކީ އެކި ކަހަލަ ކެމިކަލްތަށް ބޭނުންކޮށްގެން ކުރާ ދަނޑުވެރިކަމުގެ ބަދަލުގައި، ތިމާވެއްޓާ ރައްޓެހި ރައްކާތެރި ކާބޯތަކެތި ހެއްދުމަށް ކުދިން އަހުލުވެރިކުރުމެވެ. އެގޮތުން ވެލީގައާއި ފެނުގައި ގަސް ހެއްދުމުގެ މަސައްކަތްތައް ފަނީ ފަށާފައެވެ.
މި ޕްރޮގްރާމްގައި ގަސް ހައްދަނީ ސްކޫލްގެ ދަރިވަރުންނެވެ. މިވަގުތަށް ކުޑަ ގޮތަކަށް ފަށާފައިވާ މަސައްތުގައި ގަސްތައް ހައްދަނީ ސްކޫލްގެ ގްރޭޑް 8ގެ ދަރިވަރުންކޮޅެކެވެ. އެގޮތުން ތަރުކާރީއާއި ކެއުމަށް ބޭނުންކުރާ ފަތުގެ އެކި ބާވަތްތައްދަނީ ހައްދަމުންނެވެ. މީގެތެރޭގައި ކިއުކަމްބާ ލެޓިއުސް ލޭޑީސް ފިންގާ އަދި ކެބެޖުފަދަ ބާވަތްތައް ހިމެނެއެވެ.
ޖަމާލުއްދޫން ސްކޫލުން ވިދާޅުވީ މި ޕްރޮޖެކްޓްގެ ތެރެއިން ކުދިންނަށް މުހިންމު ފިލާވަޅުތައް ދަސްވެގެންދާކަމަށެވެ. އެގޮތުން ދަނޑުވެރިކަމާއި މަސައްކަތު މައިދާނުގެ ހުނަރުތަކާ، ވިޔަފާރިއާ ގުޅޭ މުހިންމު ފިލާވަޅުތައްވެސް ހާސިލްވެގެންދާކަމަށް އެސްކޫލުން ދެކެއެވެ.
"ކޯދު ޕްރޮގްރާމް"ގައި ހައްދާ ތަކެތި ވިއްކާނީ ސްކޫލްގެ ދަރިވަރުންނާއި ސްކޫލްގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ކުރިއަށްއޮތްތާންގައި ޕްރޮގްރާމް އިތުރަށް ފުޅާކުރާނެކަމަށް އެސްކޫލުން ބުނެއެވެ.
ޖަމާލުއްދީން ސްކޫލުން ބުނީ ކުރިއަށް އޮތްތާންގައި މި ޕްރޮގްރާމް އިތުރަށް ފުޅާކުރާނެކަމަށެވެ. އެގޮތުން ދަނޑުވެރިކަމާ ގުޅޭ މަޢުލޫމާތު މުއްސަނދިކުރުމަށް ދަނޑުވެރިކަން ކުރާ ރަށްރަށަށް ދަތުރުކުރުމާ، ހުނަރު ދަސްކުރުމާ އަދި އެހެން ސްކޫލްތަކާ މުޖުތަމަޢުއަށްވެސް މިކަމާ ގުޅޭ އާއްމު މަޢުލޫމާތު ފޯރުކޮށްދޭނެކަމަށެވެ.