ޚަބަރު

ކޯވިޑް-19 : ފުވައްމުލަކު ސިޓީގެ 3 ކްލަސްޓަރއިން މިހާތަނަށް 65 މީހުން ޕޮޒިޓިވް


ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކާއެކު ފުވައްމުލައް ސިޓީން ފެނުނު 3 ކްލަސްޓަރއިން މިހާތަނަށް 65 މީހުން ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރެޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ވިދާޅުވީ ފުވައްމުލަކުން 3 ކްލަސްޓަރއެއްގެ ކޭސް މިހާތަނަށް ފެނިފައިވާކަމަށެވެ. އެގޮތުން ފުރަތަމަ ކްލަސްޓަރއިން 29 ކޭސް ފެނިފައިވާއިރު، 20 ފެބްރުއަރީގެ ފަހުން އެކްލަސްޓަރގެ އެއްވެސް ކޭސްއެއް ފެނިފައިވާނުވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެ ސިޓީގެ ދެވަނަ ކްލަސްޓަރއިން މިމަހުގެ 2ވަނަ ދުވަހު ފެނުނު 2 ކޭސްއާއެކު ޖުމްލަ 19 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 3ވަނަ ކްލަސްޓާއިން އެންމެފަހުން ކޭސްއެއް ފެނުފައިވަނީ ފެބްރުއަރީ 28ގައިކަމަށާ، އެކްލަސްޓަރއިން ފެނުނުނު 17 ކޭސްއާއެކު ފުވައްމުލަކު ސިޓީން ޖުމަލް 65 މީހުން ޕޮޒިޓިވްވެފައިވާކަމަަށް އެޗްއީއޯސީން މަޢުލޫމާތުދެއްވިއެވެ.

ރިސޯޓްތަކުގެ ކްލަސްޓަރތަކަށް ބަލާއިރު، ސަން ސިޔާމް އިރުވެލި ރިސޯޓްގެ ކްލަސްޓަރއިން 2 މާޗްގައި ޕޮޒިޓިވްވި މީހުންނާއެކު މިހާރު 51 ޕޮޒިޓިވްކޭސްވަނީ ފެނިފައެވެ. އަދި ލަކްސް، ސައުތް އަރިއެޓޯލް ރިސޯޓުން މާޗް 2ގައި ފެނުނު 5 ޕޮޒިޓިވް ކޭސްއާއެކު ޖުމަލް 88 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން މައުލޫމާތުދެއްވިއެވެ.