ޚަބަރު

އާދަމް ޝަރީފް ދައުލަތަށް ޚިދުމަތްކުރައްވާތާ 40 އަހަރު


ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ދައުލަތަށް ޚިދުމަތްކުރައްވާތާ 40 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވަނީ އާދަމް ޝަރީފް ދައުލަތަށް ޚިދުމަތްކުރައްވާތާ 40 އަހަރު ފުރުމާއި ގުޅިގެން އެކަން ފާހަގަކުރައްވައި، އެ މަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، އާދަމް ޝަރީފް ދައުލަތުގެ ވަރަށް ގިނަ މަޤާމުތައް ފުރުއްވާފައިވާކަމަށާއި، އޭގެތެރޭގައި އެންމެ އާދައިގެ ވަޒީފާއާއި ދައުލަތުގެ އިސް މަޤާމްތައް ހިމެނެއެވެ.

"މިއަދަކީ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު އާދަމް ޝަރީފް މި ދިވެހި ދަޢުލަތަށް ޚިދުމަތްކުރައްވާތާ 40 އަހަރު ފުރޭ ދުވަސް. ދެން މިކަމަށްޓަކަިއ އަޅުގަނޑު އެބޭފުޅާގެ ވަނަވަރު ހޯދާލިން. ދެން މިތަނުގައި ކިަން ފަށައިފިއްޔާ މި ޖަލްގާއި ނިންމޭކަށެއް ނެތް.އެހާ ގިނަ ކަންކަން އެބޭފުޅާ އެބަހރި ކުރައްވާފައި. ސަރުކާރުގެ އެންމެ އާދައިގެ ސުކޫލް ދައުރުން ފެށިގެން. ސަޅީސް އަހަރުގެ ޚިދުުމަތާއެކު އިއްޒަތްތެރި މެންބަރުންގެ ޢުމުޜާ ގުޅޭގޮތުން ބައެއް އިއްޒަތްތެރި މެންބަރުން ސުވާލު އުފައްދާނެ."

އާދަމް ޝަރީފް މަޑުއްވަރީ ދާއިރާގެ މެންބަރަކަށް އިންތިޚާބުވެފައިވަނީ އިދިކޮޅު ޕީއެންސީގެ ޓިކެޓްގައެވެ. އޭގެ ކުރިން އާމް ޝަރީފް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަމާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ.

އާދަމް ޝަރީފްގެ އެންމެ ބޮޑު ޚިދުމަތެއް ފެނިފައިވަނީ ތަޢުލީމީ ދާއިރާއިންނެވެ. އެގޮތުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީގެ އެންމެ އިސް ވެރިޔާކަމާއި، ސްކޫލްތަކުގެ ހިންގުމުގެ ދާއިރާއިންނާއި، ތައުލީމް އުނގަންނައި ދިނުމުގައިވެސް ގިނަ ޚިދުމަތްތަކެއް އާދަމް ޝަރީފް ކުރައްވާފައިވެއެވެ.

އަލީ

ފައިނު ދަރިން ފަހުރުވެރިވޭ

ނަޖާޙް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު އާދަމް ޝަރީފް ޢުމަރު(ޝަރީފްބެ)ދައުލަތަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ވަރަށް އިޚްލާސްތެރި ކަމާއެކު މަރުޙަބާ އާއި ޝުކުރުދަންނަވަން ، އަދި ޝަރީފްބެގެ އުމުރުގައި الله سبحانه وتعالى ބަރަކާތް ލައްވާށި.آمیـــــــــــــن یارب العالمین ?