ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން ކުޅިވަރު ކުޅުންތެރިން ނަމޫނާ ދެއްކުމަށް ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީގެ އަދި ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު އިންތިމާޒްކޮށްފިއެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވެ އެކަނި ކުރެވޭ ކަސްރަތު ނޫން އެހެން ހުރިހާ ކުޅިވަރެއް ކުޅުންވަނީ މަނާކޮށްފައެވެ. އަދި ޓީމްތަކުގެ ފަރިތަކުރުންތަށްވެސް ކުރިއަށް ގެންދިއުންވަނީ މަނާކޮށްފައެވެ. އަދި އިއްޔެގައި ވަނީ 10 މީހުންނަށް ވުރެއް ގިނައިން އެއްތަނަކަށް އެއްވެ އުޅުންވެސް މަނާކޮށްފައެވެ.
އޭޝިޔާގެ އެންމެ ނުފޫޒްފަދަ އެއް ޖަމިއްޔާކަމަށްވާ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީގެ މަގްމާ ފުރުއްވަމުންގެންދަވާ ރާއްޖޭގެ މޫސާ ނާޝިދު ވިދާޅުވީ ކުޅިވަރު ކުޅޭ ފަރާތްތަކުންނާއި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިއީ ނަމޫނާ ދައްކަންވީ ވަގުތުކަމަށާއި ކޮންމެ ފަރާތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް، އެހެންފަރާތްތަކަށްވެސް މިކަމަށް ނަސޭހަތްތެރި ވުމަކީ ކުޅިވަރުގެ ހަރަކާތްތެރިވާ ފަރާތްތަކަށް ކުރެވިދާނެ ވަރަށް މުހިންމުކަމެއްކަމަށެވެ. އަދި ކިތަންމެ ކުޑަކަމަކުންވެސް ކޮވިޑް ހުއްޓުވުމަށް މަސައްކަތް ކުރެވިދާނެކަމަށްވެސް މުސާ ނާޝިދު ވިދާޅުވިއެވެ. އަދި އެޗްޕީއޭއިން ހަދާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރުމަށް މުސާ ނާޒިދުވަނީ އިލްތިމާސްކޮށްފައެވެ.