ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް
ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް މިސަރުކާރުން މިހާތަނަށް ތިންސަތޭކަ ނަވާވީސް މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެންވަޔަރަމެންޓް
މިނިސްޓަރ ޠޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޠޯރިޤް ވިދާޅުވީ
ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ސަތާރަ ރަށެއްގައި މަޝްރޫއުތައް ފަށާފައިވާއިރު
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގޮނޑުދޮށް ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގެ
ޖުމްލަ ދިގުމިން ދިހައެއް ޕޮއިންޓް
ހަތެއްދޭއް ކިލޯމީޓަރަށް އަރާކަމަށެވެ. މިނިސްޓަރ ޠޯރިޤް ވިދާޅުވީ މި ސަތާރަ
ރަށުގެ ތެރޭން ބައެއް ރަށްރަށުގެ މަސައްކަތް ނިމިފައިވާކަމަށާ އަނެއްބައި
ރަށްރަށުގެ މަސައްކަތްތައްވެސް ފެށި އެކިމަރުހަލާތަކުގައިވާކަމަށެވެ.