ޚަބަރު

ކޯވިޑް-19 : މިއަދު 35 މީހުން ޕޮޒިޓިވް، ބަލިން ރަނގަޅުވީ 50 މީހުން


ރާއްޖެއިން މިއަދު އިތުރު 35 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 50 މީހުން ބަލިން ރަނގަޅުވެއްޖެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 31މީހުންނެވެ. އަދި ރަށްރަށުން 3 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13248އަށް އަރާފައެވެ.

މިއަދުވެސް ރާއްޖެއިން 50 މީހުންވަނީ ކޯވިޑް-19 ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12486 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދުވެސް މިވަނީ އެއްހާހުން ދަށްވެފައެވެ. އެގޮތުން މިހާރު މިބަލީގެ އެކްޓިވްކޭސްތަކުގެ އަދަދަކީ 707އެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 69މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1748 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 259،462 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 47 މީހުން ވަނީ ނިޔާވެފައެވެ. އެއީ 39 ދިވެހިންނާއި، 8 ބިދޭސީންނެވެ.