ކުޅިވަރު

ނައިފަރުގައި ފީފާ ގަބޫލްކުރާ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް


ޅ.އަތޮޅު ނައިފަރުގައި ފީފާ
ގަބޫލްކުރާ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބުރާސްފަތި ދުވަހު ލެމަން ގްރާސްގައި އޮތް ރަސްމިއްޔާތުގައި ވަނީ
ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން ފުރަތަމަ ސޮއިކުރެވިގެންދިޔަ އެއްބަސްވުމަކީ
ކަނުހުރާ ރިސޯޓާއި އެސިސްޓް މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމެކެވެ.
މިއެއްބަސްވުމުގައި އެސިސްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ
މެނޭޖިން ޑިރެންޓަރ މުހައްމަދު ނައީމްއެވެ. ކަނުހުރާގެ ފަރާތުން މިއެއްބަސްވުމުގައި
ސޮއިކުރެއްވީ އެރިސޯޓްގެ ފައިނޭޝަލް ކޮންޓްރޯލާ ނިގެއިލް ވިލްފެޑްއެވެ. 

މިއެއްބަސްވުމުގައި
ވާގޮތުން ނައިފަރުގައި އަޅާ ދަނޑަށް ބޭނުންވާ ޓާފް ގެނައުމަށް ކަނުހުރާއިން ހަވާލުކޮށްފައިވަނީ
އެސިސްޓް މޯލްޑިވްސް އާއެވެ. އަދި މި ސޮއިކުރެވުނު ދެވަނަ އެއްބަސްވުމަކީ އެސިސްޓް
މޯލްޑިވްސްއާއި އެފް އެޗް ފައުންޑޭޝަނާއި ދެމެދު ވެވުނު އެއްބަސްވުމެކެވެ. 

މިއެއްބަސްވުމުގައި އެފްއެޗް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ނައިފަރު
ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއެވެ. މިއެއްބަސްވުގައި ވާގޮތުން އެސިސްޓް
މޯލްޑިވްސްގެ ފަރާތުން ގެންނަ ޓާފްއާއި ހަވާލުވާނީ އެފްއެޗް ފައުންޑޭޝަންއިންނެވެ.
މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ
މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިކުންކަމަށާ، މިފަދަ ދަނޑެއް ނައިފަރުގައި
އެޅިގެން ދިއުމުން ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ނައިފަރަށްގޮސް މެޗްތަށް
ކުޅުމުގެ ފުރުސަތު މަގުފަހިވެގެންދާނެކަމަށެވެ. ހާއްސަކޮށް މިކަމުގެ ސަބަބުން ނައިފަރު
ޒުވާނުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.