ކުޅިވަރު

އާޖެންޓީނާ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން


ވޯލްޑްކަޕް ކޮލިފައިންގައި ދެކުނު އެމެރިކާ ޒޯންގައި އާޖެންޓީނާ ޕެރުގުއާއީ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އާޖެންޓީނާގައި ކުޅުނު މެޗުން އެޓީމު އެއްވަރުވީ 1-1 ލަނޑުންނެވެ. ޕެރެގުއާއީ އަށް ލިބުނު ޕެނެލްޓީއަކުން ލީޑްނަގާފައިވަނިކޮށް އާޖެންޓީނާއިން ނަތީޖާ ހަމަހަމަކުރީ ނިކޮލަސް ގޮންޒާލޭޒްގެ ލަނޑުންނެވެ. މެޗުގައި އާޖެންޓީނާ ކެޕްޓަން ލަނޑެއް ޖަހާ ލީޑް ނެގިނަމަވެސް ވީއޭއާރުން ވަނީ އެލަނޑު ބަލައި ނުގަނެފައެވެ.

މިމެޗުން ހޯދީ އެއް ޕޮއިންޓާއެކު އާޖެންޓީނާ ވަނީ ތާވަލުގެ ކުރީގައި އެއްޕޮއިންޓުގެ ލީޑެއް ލިބުނު ނަމަވެސް މިރޭ ބްރެޒިލް ވެނެޒުއޭލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ދެ ޕޮއިންޓުގެ ލީޑަކާއެކު ބްރެޒިލްއަށް އެއްވަނަ ލިބޭނެއެވެ. ރޭ ކޮލިފައިންގައި ބޮލީވިޔާ އާއި އިކުއޭޑޯ ވާދަކުރި މެޗު 3-2 ލަނޑުން ކާމިޔާބުކުރީ އިކުއޭޑޯއެވެ. މި މޮޅާއެކު އިކުއެޑޯ ވަނީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިޔަށް ޖެހިލާފައެވެ. ރޭގެ މެޗުން ހޯދި ޕޮއިންޓާއެކު ޕެރަގުއާއީ ވަނީ ހަތަރުވަނައަށް ކުރިޔަށްޖެހިލާފައެވެ. އާޖެންޓީނާ އޮތީ 10 ޓީމު ވާދަކުރާ ގުރޫޕްގެ އެއްވަނައިގަ ހަތް ޕޮއިންޓާއެކުގައެވެ.