ކުޅިވަރުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުތަކުގެ ސަބަބުން ކުޅިވަރަށް ހެޔޮބަދަލްތަކެއް އަންނާނެކަމަށް ބިލް ހުށައެޅުވި މެންބަރު އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ.
ހަސަން ލަތީފް ކުޅިވަރުގެ ގާނޫނަށް ހުށައަޅުއްވާފައިވާ އިސްތާޙުތަކުގެ ތެރޭގައި ކުޅިވަރު ބިންތަށް ސްޕޯޓްސް ކޯޕަރޭޝަންގެ ދަށަށް ގެންދިއުމާއި، ޔޫތް މިނިސްޓަރުގެ މަސްޢޫލިއްޔަތާއި ކުޅިވަރު އެސޯސިއޭޝަންގެ އިންތިޚާބްތައް އިންސާފްވެރި ގޮތެއްގައި ބޭއްވުމަށް، އިލެކްޝަން ކޮމިޝަންގެ ފަރާތުން އިންތިޚާބުތައް ބޭއްވުން ހިމެނެއެވެ. މެންބަރު ހަސަން ލަތީފް ވިދާޅުވީ ކުޅިވަރަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެެއްގައިވެސް ވަރަށް ފޯރިއާއެކު ގިނަ ބައެއް ޝާމިލްވެެގެން ކުޅެވޭ ކުޅިވަރެއްކަމަށާއި މާލެއާއި އޮތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ކުޅިވަރު ވަސީލަތްށްވެސް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭގެ ނިޒާމެއް ގާއިމް ކުރަންޖެހޭކަމަށެވެ. އަދި ގާނޫނަކުން މިފަދަ ކަންތަށްތަށް ލިޔެވިފައި އޮތުމަކީވެސް ވަރަށް މުހިންމުކަމެއްކަމަށް މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.
ކުޅިވަރާއި ގުޅުންހުރި އެކިއެކި މުއައްސަސާތަކުގެ މަސައްކަތްތަށް ހުރިގޮތުން މަސައްކަތުގެ ފުށުއެރުންތަކެއްވެސް އެބަހުރިކަމަށާއި އެފުށުއެރުންތަށް ނައްތާލުމަކީ މިސަރުކާރުގެ އެއް ވައުދުކަމަށްވެސް ކުޅިވަރުގެ ގާނޫނަށް އިސްލާޙު ހުށައެޅުވި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ. ކުޅިވަރުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގަނޫނުން ބާރު ދިނުމާއި އާބިޓްރޭޝަންގެ ދައުރާއި ސަރުކާރުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަކަށް ކުޅިވަރުގެ ވަސީލަތްތަށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ބެހޭގޮތުންވެސް ކަންތައްތަކެއް މިއިސްލާޙުތަކުގެ ތެރޭގައި ހުށައަޅުއްވާފައިވާނެކަމަށް މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.
ކުޅިވަރުގެ ގާނޫނު އެންމެ ފުރަތަމަ ވުޖޫދަށް އައީ 2015 ވަނަ އަހަރުގައެވެ. މި ޤާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިންސްޓިޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. މީގެއިތުރުން މި ޤާނޫނުގައި ކުޅިވަރާބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި ގުޅޭގޮތުންވެސް ވަނީ ބައިތަކެއް ހިމަނާފައެވެ.