އިނގިރޭސި ލީގުގައި ނިއުކާސަލްއަތުން ބަލިވީ މެޗުގައި ކުޅުންތެރިން މެޗްއަށް ދޭންވާވަރަށް ސަމާލުކަން ނުދެވިގެންކަމަށް އެވަޓަންގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
މެޗަށްފަހު ވާހަދައްކަމުން އެންޗެލޯޓީ ބުނީ މުހިންމު ކުޅުންތެރިން ނުލާ ކުޅެންޖެހުމުން އުނދަގޫވިކަމަށެވެ. އޭނާ ބުނީ މުހިންމު ކުޅުންތެރިން ނެތި ކުޅެންޖެހުމުން ކުޅުންވެސް ބަދަލުކުރަން ޖެހުނުކަމަށާއި މެޗުގައި ހަމައެކަނި ތަފާތަކަށްވީ ކަމަކީ އެއީ ކަމަށެވެ. މެޗުގައި ރަނގަޅަށް ވިސްނައިގެން ކުޅުނުނަމަ ނަތީޖާ މިއަށްވުރެ ރަނގަޅުވާނެކަމަށް އެންޗެލޯޓީ ބުންޏެވެ. އޭނާ ބުނީ މެޗުގައި ދެލަނޑުވެސް ބައިކޮޅަށް ވަނީ ކުޅުންތެރިންނަށް ދޭންވީވަރަށް ސަމާލުކަން ނުދެވިގެންކަމަށެވެ.
ރަނގަޅު ނަތީޖާއެއް މެޗުތަކުގައި ހޯދޭނީ ރަނގަޅަށް ފޯކަސް ގެއްލުވާނުލާ ކުޅެގެންކަމަށް އެންޗެލޯޓީ ބުންޏެވެ. ކުރިޔަށްހުރި މެޗުތަކުގައި އަނިޔާގެ ތިބި ކުޅުންތެރިން ރިކަވަރީއަށް އަވަސް ހައްލެއް ހޯދޭތޯ މަސައްކަތް ކުރާނެކަމަށްވެސް އެންޗެލޯޓީ ބުންޏެވެ. މެޗުން ބަލިވުމުން އެވަޓަން ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ.