ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަޙްމަދު ޝިޔާމްގެ ސިއްޙީ ހާލުކޮޅު ގޯސްވެ އެޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭންފަށައިފިއެވެ.
ޕީޕީއެމްއިން ބުނީ މެންބަރު ޝިޔާމްގެ ސިއްޙީ ޙާލުކޮޅު ދެރަވެ އޭޑީކޭ ހޮސްޕިލަށް ގެނދެވިފައިވާކަމަށާ، މެންބަރުގެ ސިއްޙީ ޙާލަތާގުޅޭ އިތުރު ތަފްސީލް ލިބިފައިނުވާކަމަށެވެ. އަދި މިހާރު ޝިޔާމްގެ ޓެސްޓްތަކެއް ހަދަމުންދާކަމަށްވެސް ޕީޕިއެމްއިން ބުނެއެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަކީ މިވަގުތު އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅާއެވެ.