ކުޅިވަރު

އޭޒެޑް އަލްކަމާރް އަތުން ބަލިވުމަކީ ލިބުނު ފިލާވާޅެއް: ގަޓޫސޯ


ޔޫރަޕާ ލީގުގައި އޭޒެޑް އަލްކަމާރް އަތުން ބަލިވުމަކީ ލިބުނު ފިލާވާޅެއް ކަމަށް ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގަޓޫސޯ ބުނީ މެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް ޓީމަށް ދެވަނަހާފްގައި މާ އެކަށީގެންވާ ކުޅުމެއް ނުދެއްކުނުކަމަށެވެ. މެޗުގައި ދެވަނަހާފްގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މާގިނަ ޕާސްތައް ގެއްލުވާލުން ކަމަށް ގަޓޫސޯ ބުންޏެވެ.

މިމެޗުން ބަލިވުމުން ގުރޫޕްގައި ކުރިޔަށް ދިޔުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ ކަމަށާއި ގޯސްތައް ތަކުރާކޮށްފި ކަމަށްވާނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގަޓޫސޯ ބުންޏެވެ. މުހިންމު ކުޅުންތެރިންނާ ނުލައިވެސް އަލްކާމާރުން ކުޅުނީ ވަރުގަދަ ރޫހާކާ އެކުމަށް ގަޓޫސޯ ބުންޏެވެ. ގަޓޫސޯ އިތުރަށް ބުނީ މިމެޗުގައި އެޓީމުގެ ފަހަތުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އެހެންވެ ނަޕޯލީއަށް އެޓީމުގެ ގޯލް ފޫއަޅުވާލަން އުނދަގޫވިކަމަށެވެ. އެޓީމަށް ހޯދުނީ ގޯލަށް އަމާޒުކޮށް އެންމެ ފުރަސަތެއްކަމަށާ އެ ފުރުސަތުގެ ބޭނުން ހިފާ އެޓީމުން ލަނޑުޖެހީކަމަށް އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ. މި ހުރިހާ ކަމާއެކު ނަޕޯލިއަށް މިލިބުނީ ވަރަށް މުހިންމު ފިލާވަޅެއް ކަމަށް ގަޓޫސޯ ބުންޏެވެ.

ލީގުގައި ނަޕޯލީ ރަށުން ބޭރުގައި ނުކުންނާނީ ބެންވެންޓޯއާ ދެކޮޅަށެވެ.