ކުޅިވަރު

ޖަރުމަނު ފުރަތަމަ ފަހަރަށް ނޭޝަންސް ލީގުގެ މެޗަކުން މޮޅުވެއްޖެ


ޔުއެފާ ނޭޝަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ފަހަރަށް ޖަރުމަނު މޮޅުވެއްޖެއެވެ.

ރޭ ކިއޭވްގައި ޔުކްރެއިނާ ދެކޮޅަށް ކުޅުނު މެޗު ޖަރުމަނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ޖަރުމަނުގެ މަތިއަސް ޖިންޓާ ލަނޑެއް ޖަހައި ކުރިހޯދި އިރު ލީޑް އިތުރަށް ފުޅާކޮށްދިނީ ލިއޯން ގޮރެޓްޒްކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެންމެ ފަހުން ގައުމީ ޖާޒީގައި ކުޅުނު ހަތަރު މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ. ޔޫކްރެއިން ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ރުސްލާން މިލްނޮވިސްކީއެވެ.

މީގެ ދެ އަހަރު ކުރިން ނޭޝަންސް ލީގުން ޖަރުމަނު ކެޓީ މޮޅެއް ނުލިބިއެވެ. މިއީ މުބާރާތުގައި ކުޅުނު ހަތްވަނަ މެޗުން އެޓީމު ހޯދި ފުރަތަމަ މޮޅެއެވެ. ޔޫކްރެއިންގެ ސިއްހަތާ ބެހޭ ވުޒާރާތަކުގެ ލަފަޔާ އެއްގޮތައް ވަނީ 30 ޕަސެންޓުން ސަޕޯޓަރުންނަށް ދަނޑަށް ވަންނަން ހުއްދަ ދީފައެވެ. ހަތްދިހަ ހާސް މީހުން ޖާގައިގެ ސްޓޭޑިއަމަށް ރޭގެ މެޗު ބެލުމަށް ވިހިހާސް މީހުން ދަނޑަށް ވަނުމުގެ ހުއްދަ ވަނީ ދީފައެވެ. މި މޮޅާއެކު ޖަރުމަނު އޮތީ ފަސް ޕޮއިންޓާއެކު ގުރޫޕްގެ ދެވަނާގައެވެ.