އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދް ވިދާޅުވީ މެންބަރު ސަލީމް ހޮސްޕިޓަލުގައި އެޑްމިޓްކުރިނަމަވެސް ހާލުކޮޅު ސީރިއަސްނޫންކަމަށެވެ.
އޭނާ އެޑްމިޓްކޮށްފައިވަނީ ޓެސްޓްތަކެއް ހެދުމަށްކަމަށްވެސް ޕީޕީއެމްގެ ސްޕޯކްސްޕަރސަން ވިދާޅުވިއެވެ.