އިންޓަރ މިލާނުން މި ސީޒަނުގައި ދައްކަމުން އަންނަ ކުޅުމުން އޭނާއަށް އުފާވެރިކަން ގެނުވާކަމަށް އިންޓަރ މިލާންގެ ކޯޗު އެންޓޯނިޔޯ ކޮންޓޭ ބުނެފިއެވެ.
ބެންވެންޓޯއާ ވާދަކޮށް ހޯދި މޮޅަށްފަހު ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ސީޒަންގެ ކުރީކޮޅު ދައްކަމުންދާ ކުޅުން މިސީޒަންގައި އިންޓަމިލާނުގެ ފަރާތުން ފެންނާނެކަމަށް އުންމީދު ކުރާކަމަށެވެ. މެޗަށް ނުކުތީ ހަތް ބަދަލާއެކު ކަމަށާއި އެކަމަކު މެޗު މިހާ ފަސޭހަވެގެން ހިނގައިދާނެކަމަށް ގަބޫލް ނުކުރާކަމަށް ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ ކޮންމެ މެޗެއްގައި އެހާ ގިނަ ފުރުސަތު ތަނަވަސްކޮށް ޓީމުގެ ކުރިޔަށް ކުޅޭ ކުޅުންތެރިންގެ ނުރައްކާ ބޮޑުވުމަކީ ހެޔޮފާލެއް ކަމަށާއި އިންޓަ މިލާން ގެމި ސްޓައިލަށް އޭނާ ވަރަށް ގަޔާވާކަމަށެވެ. އިންޓަ މިލާނުން ވަނީ މިހާތަނަށް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން 9 ލަނޑު ޖަހާފައެވެ. އިންޓަ މިލާނަކީ ލީގަށް ވާދަކުރާ ޓީމެއްތޯ ސުވާލުކުރުމުން އޭނާ ބުނީ މީހުން ކޮންމެ ގޮތަކަށް ހީކުރިޔަސް އޭނާގެ މައްސަލެއް ނެތްކަމަށާއި އޭނާގެ ޓީމުގެ ކުޅުންތެރިންގެ މަސައްކަތަށް އެންމެންވެސް އިހްތިރާމް ކުރަންޖެހޭނެކަމަށެވެ.
ލީގަށް ވާދަކުރާ ރޭހުގެ ބޭރުގައި އިންޓަ މިލާން އޮންނަތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށާއި އޭނާގެ ޓީމަށް ލީގު ކާމިޔާބު ކުރެވިދާނެކަމަށް މީހުން ގަބޫލްކުރާތީ އުފާވާކަމަށް އިންޓަ މީލާންގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.