ޚަބަރު

ކޯވިޑް-19 : ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނިޓަރިންއަށް


ހދ.ކުޅުއްދުފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކުރޫއެއް ކޯވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އޭނާގެ ގައިން ކޯވިޑްގެ އަލާމާތްތަކެއް ހުރުމުން އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑަށް ނެގުނު ސާމްޕަލުން ޕޮޒިޓިވް ވެފައިވާކަމަށެވެ. އޭނާ ޕޮޒިޓިވް މި ބޯޓް ދަތުރުކުރި ގޮތަށްބަލައި ހދ.ނޮޅިރަމްވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.

މިދިޔަ މަހުގެ 29ވަނަ ދުވަހުވެސް ވަނީ ކުޅުއްދުފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނައި ކުއްޖަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެކޭހާ ގުޅިގެންވެސް އެރަށަށް އަރާފޭބުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.