ޚަބަރު

ކޯވިޑް-19 : އިތުރު 46 މީހުން ޕޮޒިޓިވްވެ، 129 މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން އިތުރު 46 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 129 މީހުން އެބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އާދީއްތަދުވަހު އިރުއޮއްސި 18:00ގެ ފަހުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައޮ ޕޮޒިޓިވްވެފައިވަނީ 31 ދިވެހިންނާއި 15 ބިދޭސީންނެވެ. މީގެ ތެރެއިން 2 މީހަކު ޕޮޒިޓިވްވެފައިވަނީ ރަށްރަށުންނެވެ. އަލަށް ޕޮޒިޓިވްވި 46 މީހުންނާއެކު ރާއްޖެއިން ކޯވި-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 9770އަށް އިތުރުވެފައެވެ.

މިއާއެކު މިއީ މާލެ ސަރަހައްދާއި ރާއްޖޭގެ ރަށްރަށުން ޕޮޒިޓިވްވި މީހުން އިތުރުވާން ފެށިފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހުގެ ގޮތުގައި ފާހަގަކުރެވެއެވެ.

އަލަށް 129 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމަލް ޢަދަދުވަނީ 8390އަށް އިތުރުވެފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1340 މީހަކަށް މިވަގުތު ފަރުވާދެމުންދާއިރު ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ ޢަދަދުވެސް މިހާރުމިވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ. އެޑްމިޓްކޮށްގެން މިވަގުތު 96 މީހުންނަށް ފަރުވާދެމުންދާއިރު ދެ މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލި ދެނެގަތުމަށް 1372 ސާމްޕަލް ރާއްޖެއިން ނަގާފައިވާއިރު، މިހާތަނަށް 141184 ސާމްޕަލް މިހާރުވަނީ ނަގާފައެވެ. މިބަލި ޖެހިގެން ރެ ދަންވަރު ދިވެއްސަކު ނިޔާވެފައިވާއިރު މިހާތަނަށް މިބަލިޖެހިގެން ނިޔާވި މީހުންގެ ޢަދަދުވަނީ 34އަށް އަރާފައެވެ.