ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ސްވިޑަންއާ ދެކޮޅަށް ނުކުންނައިރު ވާނެގޮތެއް ބުނަން ދަތިކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.
މެޗަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ސަންޓޯސް ބުނީ ކްރޮއޭޝިއާ މެޗުގައި ދެއްކި މޮޅުކުޅުން ކުޅުންތެރިންގެ ފަރާތުން ފެންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ. އެހެން ނަމަވެސް ކްރޮއޭޝިއާ އަކީ ޕޯޗުގަލްއާ އެއް ފެންވަރެއްގެ ޓީމަކަށްވުމުން މި މެޗުގައި ކޮންމެފަދަ ގޮތެއް ވެސް ވެދާނެކަމަށް ކޯޗު ބުންޏެވެ. ސަންޓޯސް ބުނީ މި މެޗުގައި ކުޅުންތެރިންގެ ސަތޭކަ ޕަސެންޓް ފެންނާނެކަމަށެވެ. އަނިޔާގެ ސަބަބުން ކްރޮއޭޝިއާ މެޗުގައި ނުކުޅެ ހުރި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ފެންނާނެކަމަށް ސަންޓޯސް ބުންޏެވެ.
ސްވިޑަންގެ ކޯޗު ޖަން އެންޑަސް ބުނީ އެންމެފަހުން ފްރާންސް އަތުން ބަލިވީ މޮޅުވާން ހައްގު މެޗަކުން ކަމަށެވެ. އޭނާ ބުނީ އަދިވެސް ފްރާންސް އަތުން ބަލިވި ބަލިވުން އޭނާއަށް ގަބޫލްކުރަން އުނދަގޫކަމަށާއި އެ މެޗުގައި މޮޅެއް ހައްގުކަމަށެވެ. މިމެޗުގައި ރަނގަޅު ކުޅެމެއް ދައްކާ ނަތީޖާ ނެރެން މަސައްކަތް ކުރާނެކަމަށް ސްވިޑެންގެ ކޯޗު ބުންޏެވެ.
މި ދެޓީމު އެންމެފަހުން ބައްދަލުކުރީ 2017 ވަނަ އަހަރު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު 3-2 އިން ކާމިޔާބުކުރީ ސްވިޑަންއެވެ.