ކުޅިވަރު

މިއީ ކުރިޔަށްއޮތް މެޗަށް ތައްޔާރުވާން ލިބުނު ފުރުސަތެއް: ސޯލްޝެއާ


ލަސްކް އަތުން ލިބުނު މޮޅަކީ ކުރިޔަށްއޮތް މެޗަށް ތައްޔާރުވާން ލިބުނު ފުރަސަތެއް ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އޮލެގަނަ ސޯލްޝެއާ ބުނެފިއެވެ.

ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގަ އޮސްޓްރިއާގެ ލަސަކްއާ ވާދަކޮށް 2-1 ލަނޑު މޮޅުވެ ޔުނައިޓެޑް ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗަށްފަހު ވާހަކަދައްކަމުން ސޯލްޝެއާ ބުނީ މެޗުގައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެވުމުން ހިތްހަމަޖެހޭކަމަށެވެ. އޭގެތެރެއިން ގިނަ ކުޅުންތެރިން މެޗު ކުޅުނީ ގިނަ ދުވަސްތަކުގައި މިކަހަލަ ވާދަވެރި މެޗެއް ނުކުޅެ ތިބެ ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ލިންގާޑް ބުނީ ކޮންމެ މެޗަކަށްވެސް ނުކުންނާނީ މި މުބާރާތް ކާމިޔާބުކުރުމަކީ މުހިންމު ކަމެއްކަމަށް ދެކިގެންކަމަށެވެ.

މިމެޗު ޔުނައިޓެޑުން ކާމިޔާބުކުރީ ލަސްކް ލަނޑެއް ޖަހާ ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިންގާޑް އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން ނުކުތް އެންތަނީ މާޝިއަލްއެެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފާޑްގައި ކުޅުނު މި މެޗު 1-2 އިން ކާމިޔާބުކުރުމާއެކު ޔުނައިޓެޑް ކުއާޓާ ފައިނަލަށް ދަތުރުކުރީ ދެ ލެގު އެގްރިގޭޓު ކަމަށްވާ 1-7 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގައި އަންނަ ހޯމަ ދުވަހުގެ ރޭ ޔުނައިޓެޑް ނުކުންނާނީ ޑެންމާކްގެ އެފްސީ ކޯޕަންހޭގަންނާ ދެކޮޅަށެވެ. އެފްސީ ކޯޕަންހޭގަން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ތުރުކީ ޗެމްޕިއަން އިސްތަންބޫލް ބަޝަކް ޝަހީރްވާދަކޮށް 3-1 ގެ އެގްރިގޭޓުން މޮޅުވެގެންނެވެ.