އެޓްލާންޓާއަކީ ވަރުގަދަ ޓީމެއްކަމަށާއި އެޓީމު ބަލިކުރަން އުނދަގޫވާނެކަމަށް ޔުވެންޓަސްގެ ކޯޗު މައުރީސިޔޯ ސާރީ ބުނެފިއެވެ.
އިޓާލިއަން ސެރިއާގައި މިރޭ އެޓްލާންޓާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މައުރީސިއޯ ބުނީ ސީޒަންގައި މުހިންމު ހިސާބުން އެޓްލާންޓާއާ ވާދަކުރަން ޖެހުމުން އުނދަގޫވާނެކަމަށެވެ.
އޭނާ ބުނީ ސަމާލު ނުވެއްޖެނަމަ މިމެޗު އުނދަގޫވާނެކަމަށްވެސް މައުރީސިއޯ ބުންޏެވެ. ސާރީ ބުނީ ވަރުގަދަ ހުރިހާ ޓިމެއްވެސް އެޓްލާންޓާ ދެކޮޅަށް ކުޅޭއިރު މައްސަލަތައް ދިމާވާކަމަށެވެ. އެޓްލާންޓާއިން ވަނީ އެންމެފަހުން ކުޅުނު މެޗު ކާމިޔާބުކޮށް ލީގު ތިންވަނަ މާގަމަށް ޖެހިލާފައެވެ.