ޚަބަރު

އޮގަސްޓްމަހުގެ އެކަކާއި ހަމައަށް ކުނި ނެރެންޖެހޭނީ ގޭގެ ބޭރަށް - ވެމްކޯ


ގޭގެއިން ކުނި އުކާލުމުގެ ޚިދުމަތް އަންނަ އޮގަސްޓްމަހުގެ އެކަކާއި ހަމައަށް ވެމްކޯއިން ދެމުންދާނީ މިހާރުވެސް ދެމުން އަންނަ އުސޫލުންކަމަށް ވެމްކޯއިން ބުނެފިއެވެ.

ކޯވިޑް-19އާ ގުޅިގެން ފުރަބަންދުގައިި އޮތުމަށްފަހު މިޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިން ލުއިތަކާގުޅިގެން ވެމްކޯއިން ބުނީ ވެމްކޯއިން ކުނި އުކާލާ ސައިޓްތަކުގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް ދޭން ފަށާފައިވާކަމަށެވެ. ލޮކްޑައުންތެރޭގައި ކުރިން ވެމްކޯގެ ސައިޓްތަކުން ޚިދުމަތް ދެމުން އައިސްފައިވަނީ ޚާއްސަ ހުއްދަ އޮންނަ އުޅަނދުތަކަށް ސައިޓްތަކަށް ވަދެ ކުނި އުކާލެވޭ ގޮތަށެވެ.

ނަމަވެސް މިހާރު ގެނައި ބަދަލާއެކު މާލެ ހުޅުމާލޭގެ ވެމްކޯ ސައިޓަށްގޮސް ހެނދުނު 08:00އިން ރޭގަނޑު 00:00 އާއި ހަމައަށް ޚާއްސަ ހުއްދައަކާއި ނުލާ ކުނި އުކޭނެއެވެ. އަދި ވިލިމާލޭ ސައިޓަށް ހެނދުނު 08:00އިން ރޭގަނޑު 10އަށް ކުނި އުކޭނެއެވެ.
ވެމްކޯއިން ޚިދުމަތްދިނުމަށް އަތޮޅުތަކުގައި ހުރި ސައިޓްތަކުންވެސް ކުރިއެކޭ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާނެއެވެ.

ކުނި އުކާލާ ސައިޓްތައް ކުރިއެކޭ އެއްގޮތަށް ހުޅުވާލިނަމަވެސް، ގޭގެއިން ކުނި ނެގުމުގެ ޚިދުމަތް އަދިވެސް ދެމުން ގެންދާނީ ލޮކްޑައުންގައި ޚިދުމަތް ދިން ގޮތަށެވެ. އެގޮތުން ވެމްކޯއިންވަނީ މިހާރުވެސް ކުނި ނެރޭގޮތަށް މެންދުރު 12:00އާއި 14:00އާއި ދެމެދު، ބޭރަށް ކުނި ނެރެފައި ބެހެއްޓުމަށް އެދިފައެވެ. ވެމްކޯއިން ބުނީ އަންނަ އޮގަސްޓް މަހުގެ 1ވަނަ ދުވަހާއި ހަމައަށް ގޭގެއިން ކުނިއުކާލުމުގެ ޚިދުމަތް ދޭނީ މި އުސޫލުންކަމަށެވެ.

ކުރިން ވެމްކޯއިން ޚިދުމަތް ދެމުން އައިސްފައިވަނީ ގޭގެއާއި އިމާރަތްތަކަށް ވަދެ، އެ އެޕަރޓްމަންޓްތަކުން ކުނި ކަލެކްޓްކޮށްގެންނެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން އާއްމުންނާ މުޢައްޒަފުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުނި ނަގަމުންދަނީ އިމާރާތްތަކުގެ ބޭރުން މަގުމަތިންނެވެ.

ޢަލި

މިދެން ކިހާދެރަކަމެއް ލާރި ނަގާވަރު ކުޑައެއް ނުވޭ